ކ. މާލެ
|
6 އޭޕްރިލް 2023 | ބުރާސްފަތި 13:26
އުހުދު ޙައްޖު އެންޑް އުމްރާ ގްރޫޕުގެ ފަރާތުން އުމްރާއަށް ދިޔަ ފަރާތްތައް މައްކާގައި
އުހުދު ޙައްޖު އެންޑް އުމްރާ ގްރޫޕުގެ ފަރާތުން އުމްރާއަށް ދިޔަ ފަރާތްތައް މައްކާގައި
ރާއްޖެއެމްވީ
އުމްރާއަށް ފުރާ މީހުން
އުމުރާއަށް ފުރާ މީހުން ގިނަވެ، ވީއައިއޭ ބާރުބޮޑުވެއްޖެ
އޮމާންކަމާއެކު މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެންމެންގެ އެއްބާރުލުން ބޭނުންވޭ
ހުރިހާ އޮޕަރޭޝަންތަކެއް ރަނގަޅަށް ކުރިއަށް ގެންދިއުމަށް ދަނީ މަސައްކަތް ކުރަމުން

އުމުރާއަށް ފުރާ މީހުން ގިނަވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ބާރުބޮޑުވެފައިވާ ކަމަށާއި، ހުރިހާ އޮޕަރޭޝަންތަކެއް ރަނގަޅަށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލުން ބުނީ އުމުރާއަށް ފުރާ މީހުން ގިނަވުމުގެ ސަބަބުން ވީއައިއޭ ވަރަށް ބޮޑަށް ތޮއްޖެހި ބާރުބޮޑުވެފައިވާ ކަމަށެވެ. އުމްރާއަށް ފުރާ މީހުންގެ އިތުރުން އެމީހުންގެ އާއިލާ މީހުން ވެސް ވަރަށް ގިނަ ކަމަށް އެމްއޭސީލުން ބުނެއެވެ.

އެމްއޭސީއެލުން ބުނީ ހުރިހާ އޮޕަރޭޝަންތަކެއް ރަނގަޅަށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އޮމާންކަމާއެކު މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

ރޯދަ މަހަށްވުމާއެކު މި ދުވަސްކޮޅު އުމްރާ ދަތުރުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އުމްރާގެ އަޅުކަމަށް ގިނަ ދިވެހިން ދަތުރުކުރާއިރު، އިސްލާމިކް މިނިސްޓްރީން ވަނީ އުމްރާގެ އަޅުކަން އަދާކުރާ އުމްރާވެރިންނާއި، އުމްރާގެ އަޅުކަމަށް ރާއްޖެއިން މީހުން ގެންދާ ކުންފުނިތަކުން އަމަލުކުރަންޖެހޭ ގޮތުގެ އުސޫލު އާއްމުކޮށްފައެވެ. އަދި އުމްރާގެ އަޅުކަމުގެ ރޫޙާ ޚިލާފު ކަންކަން ހިނގާނަމަ، ކަމާއިބެހޭ ފަރާތްތަކުން އެ ކަންކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އުމްރާވެރިންނަށް އުމްރާގެ ފަރުޟު އަދާކުރެވޭނެ މަގު ފަސޭހަކުރުމަށާއި، އުމްރާވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ހަމަޖައްސަވާފައިވާ އިންތިޒާމްތަކާ އެއްގޮތަށް ދިވެހި އުމްރާވެރިން އަމަލުކުރުމަށް ވެސް މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް