ކ. މާލެ
|
3 އޭޕްރިލް 2023 | ހޯމަ 11:12
ހުޅުމާލެ ފޭސް-2
ހުޅުމާލެ ފޭސް-2
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
އެކްސިޑެންޓެއްގައި މީހަކު މަރުވުން
ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
ފަރުވާ ދެމުންދަނިކޮށް މަރުވީ 59 އަހަރުގެ ފިރިހެނެއް
އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނޭ
ރޯދަމަހު މާލެ ސަރަހައްދު ހިނގާ އެކްޑިސެންޓްތައް އިތުރު

ހުޅުމާލެ ފޭސް-2ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް-2ގެ އެމްޕީއެލް ފްލެޓް ކައިރިން ޕިކަޕަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށާއި، މި އެކްސިޑެންޓްގެ މައުލޫމާތު ހޯމަ ދުވަހުގެ 9:56 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މިއެކްސިޑެންޓްގައި އަނިޔާވީ 59 އަހަރުގެ ފިރިހެނަކަށް ކަމަށާއި، އެމީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މާލެ ސަރަހައްދު ހިނގާ އެކްޑިސެންޓްތައް އިތުރުވެފައިވާއިރު، ރޯދަމަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ވެސް 47 އެކްސިޑެންޓް ހިނގާފައިވެއެވެ.

- ކޮމެންޓް