ކ. މާލެ
|
31 މާރޗް 2023 | ހުކުރު 07:35
ޓްވިޓަރ
ޓްވިޓަރ
ޓްވިޓަރ ޕޯލު
އޭޕްރީލް 15ން ފެށިގެން ޓްވިޓަރ ޕޯލުތަކުގައި ވޯޓުދެވޭނީ ހަމައެކަނި ވެރިފައިޑް އެކައުންޓުތަކުން
ޕޯލުތަކުގައި ވޯޓުދޭއިރު ވެރިފިކޭޝަނެއް ބޭނުންވާނެ

އޭޕްރީލް 15 ވަނަ ދުވަހުން ފެށިގެން ޓްވިޓަރގައި ހުންނަ ޕޯލުތަކުގައި ވޯޓުދެވޭނީ ހަމައެކަނި ވެރިފައިޑް އެކައުންޓުތަކުން ޓްވިޓަރގެ ވެރިޔާ އީލޯން މަސްކް ބުނެފިއެވެ.

މަސްކު ކުރި ޓްވީޓެއްގައި ބުނީ އެގޮތަށް ނިންމީ ބޮޓް އެކައުންޓްތަކުން ދޭ ވޯޓުތައް ހުއްޓުވުމުގެ ގޮތުންކަމަށެވެ. މި ނޫންގޮތަކަށް އެކަމަށް ހައްލެއް ނުގެނެވޭނެކަމަށް މަސްކު ވަނީ ބުނެފައެވެ. ޕޯލުތަކުގައި ވޯޓުދޭއިރު ވެރިފިކޭޝަނެއް ބޭނުންވާނެކަމަށް މަސްކު ބުނެފައިވެއެވެ.

މީގެއިތުރުން ޓްވިޓަރގެ ފޯރ ޔޫ ރެކޮމެންޑޭޝަނުން ވެސް ފެންނާނީ ހަމައެކަނި ވެރިފައިޑް އެކައުންޓުތައް ކަމަށް މަސްކު ބުންޏެވެ.

މިދިޔަ އަހަރު މަސްކު ވަނީ ޓްވިޓަރ ޕޯލުތަކުގައި ވޯޓުދެވޭ ގޮތަށް ބަދަލުތަކެއް ގެންނާނެކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް