ކ. މާލެ
|
30 މާރޗް 2023 | ބުރާސްފަތި 17:54
ހަންކެޑެ އިންޓަރގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ކުރެހުމެއް
ހަންކެޑެ އިންޓަރގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ކުރެހުމެއް
އިކޮނޮމިކް މިނިސްޓްރީ
ހަންކެޑެ އިންޓަރގްރޭޓަޑް ޓުއަރިޒަމް
ހަންކެޑެ އިންޓަރގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކޮށްފި
މިއީ 142.9 މިލިއަން ޑޮލަރުގެ މަޝްރޫއެއް
ޖުމްލަ 2082 އެނދު ހިމެނޭގޮތަށް 1041 ކޮޓަރި ތަރައްގީ ކުރެވިގެންދާނެ
މި މަޝްރޫއިން އައްޑޫ ސިޓީގެ ފަތުރުވެރިކަމަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ

އައްޑޫ ސިޓީގެ ފަތުރުވެރިކަމަށް އިންގިލާބީ ބަދަލެއްގެ ގެނެސްދޭ މަޝްރޫއެއް ކަމަށްވާ ހަންކެޑެ އިންޓަރގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ބުރާސްފަތި ދުވަހު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާއި މަޝްރޫއުގެ ކޮންޓްރެކްޓަރ ޗައިނާ ނޭޝަނަލް އިލެކްޓްރިކް އެންޖިނިއަރިންގ ކޮމްޕެނީގެ ފަރާތުންނެވެ.

142.9 މިލިއަން ޑޮލަރުގެ މި އިންޓަރގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން އައްޑޫ ސިޓީގެ ހަންކެޑެގައި ޖުމްލަ 2082 އެނދު ހިމެނޭގޮތަށް 1041 ކޮޓަރި ތަރައްގީ ކުރެވިގެންދާނެއެވެ. މީގެ ތެރޭގައި 2 ގްރޭންޑް ހޮޓެލް، 2 ޑިލަކްސް ހޮޓެލް، 10 ބުޓީކް ހޮޓެލް، 17 ބީޗް ވިލާ، 64 ސަރވިސްޑް އެޕާޓްމެންޓްގެ އިތުރުން ރެސްޓޯރެންޓްތަކާއި، ޝޮޕިންގް އޭރިއާތަކާއި، ވޯޓަރ ޕާކަކާއި، ކުޅިވަރުކުޅުމާއި މުނިފޫހިފިލިވުމުގެ ވަސީލަތްތައް ތަރައްގީ ކުރެވިގެންދާނެއެވެ.

އެއްބަސްވުމުގައި ސޮއިކުރައްވަނީ

މި މަޝްރޫއަކީ އައްޑޫ ސިޓީގެ ފަތުރުވެރިކަމަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ މަޝްރޫއެކެވެ. އައްޑޫގެ ފަތުރުވެރިކަން ތަރައްގީ ކުރުމަށް ހިންގޭ މިފަދަ މަޝްރޫއުތަކާއި، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއާއި އައްޑޫ ސިޓީގައި ސަރުކާރުން ހިންގަމުންދާ މުހިއްމު އުމްރާނީ މަޝްރޫއުތަކުގެ ސަބަބުން އައްޑޫ ސިޓީގެ އިގްތިސާދީ މަލަމަތި ކުރިޔަށް އޮތް ދުވަސްތަކުގައި މުޅިން ބަދަލުވެގެންދާނެއެވެ. ސީދާގޮތުންނާއި ނުސީދާގޮތުން އެތައް ހާސް ވަޒީފާއެއް އުފެދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެތައް ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.

އައްޑޫ ސިޓީއަކީ އިގްތިސާދީ ވަރުގަދަ ހަބެއްގެ ގޮތުގައި ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ އަމާޒު ހާސިލުކުރުމަށް ވަރަށް ބޮޑަށް މަގުފަހި ވެގެންދާނެއެވެ. މިއީ ރާއްޖޭގައި އިންޓަގްރޭޓަޑް ޓޫރިޒަމް ކޮންސެޕްޓުގެ ދަށުން ތަރައްގީ ކުރެވިގެންދާ މިފަދަ ފުރަތަމަ މަޝްރޫއެވެ.

- ކޮމެންޓް