ޔުނައިޓެޑް ސްޓޭޓްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (ޔޫ.އެސް އެފްޑީއޭ) އިން އެލާރޓް ކޮށްފައިވާ ލޮލަށް އަޅާ ބޭސްތަކެއް ރާއްޖެއަށް އެތެރެކުރުން މަނާކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ރާއްްޖެއަށް އެތެރެކުރުން މާނާކުރި ލޮލަށް އަޅާ ބޭސްތަކުގެ ތެރޭގައި އެމެރިކާގެ ގްލޯބަލް ފާމާގެ އާޓިފިޝަލް ޓިއާސް އާއި ފާމެޑިކާ ޔޫއެސްއޭގެ %15 އެމްއެސްއެމް ޑްރޮޕްސް އާއި އެޕޯޓެކްސް ކޯޕަރޭޝަންގެ ބްރިމޮނިޑައިން ޓާޓްރޭޓް އަދި ގްލޯބަލް ފާމާ ހެލްތުކެއާގެ އާޓިފިޝަލް އައި އޯނަމަންޓް ހިމެނެއެވެ.
މިބޭސްތަކަކީ ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ބޭސްތަކެއް ނޫންކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެއެވެ. އަދި މިބޭސްތަކަކީ ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ތެރޭގައި (އެޕްރޫވްޑް ޑްރަގް ލިސްޓްގައި) ހިމެނޭ ބޭސްތަކެއްވެސް ނޫންކަމަށް އެއިދާރާއިން ބުނެއެވެ. އެހެން ނަމަވެސް، ބޭސް ސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މިބޭސްތައް އިމްޕޯރޓްކޮށްފައި ހުރެދާނެތީ މިކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާ އިރު ހާއްސަ ސަމާލު ކަމެއްދީގެން ޕޯރޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެކަމަށްވެސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެއެވެ.