ކ. މާލެ
|
28 މާރޗް 2023 | އަންގާރަ 16:19
ސިނަމާލެ ބްރިޖް ކައިރީގައި އާދިއްތަ ދުވަހުގެ ރޭ މެންދަމު ހިނގި ނުރައްކާތެރި އެކްސިޑެންޓް
ސިނަމާލެ ބްރިޖް ކައިރީގައި އާދިއްތަ ދުވަހުގެ ރޭ މެންދަމު ހިނގި ނުރައްކާތެރި އެކްސިޑެންޓް
އެކްސިޑެންޓް އިތުރުވުން
ރޯދަ މަހުގެ މިހާތަނަށް މާލެސިޓީގައި 47 އެކްސިޑެންޓް ހިނގާފައިވޭ: ފުލުހުން
 
ހުޅުމާލެ ފޭސް ދޭއްގައި 4 އެކްސިޑެންޓް ހިނގާފައިވޭ
 
މާލޭގައި 23 އެކްސިޑެންޓް، ހުޅުމާލެ ފޭސް އެކެއްގައި 20 އެކްސިޑެންޓް ހިނގާފައިވޭ
 
ރޯދަ މަހު އެކްސިޑެންޓްތައް ހިނގުން އިތުރު

ރޯދަ މަހުގެ މިހާތަނަށް މާލެސިޓީގައި 47 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޯދަ މަހު އެކްސިޑެންޓްތައް ހިނގުން އިތުރު ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިހާތަނަށް މާލެ ސަރަހައްދުން 47 އެކްސިޑެންޓެއް ހިނގައިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެއީ މާލެއިން 23 އެކްސިޑެންޓް، ހުޅުމާލެ ފޭސް އެކަކުން 20 އެކްސިޑެންޓް އަދި ހުޅުމާލެ ފޭސް ދެއަކުން 4 އެކްސިޑެންޓް ކަމަށެވެ.

މާލެ ސަރަހައްދުގައި ފާއިތުވި ފަސް ދުވަހުގެ ތެރޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާފައިވެއެވެ. އަދި ބައެއް މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ވެސް ދީފައިވެއެވެ. މީގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާފައިވެއެވެ. އަދި 27 ވީ ހޯމަ ދުވަހު އައްޑޫ ސިޓީގެ ހިތަދޫ ބޮޑުމަގުގައި ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ މީހަކަށް އަނިޔާވެފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ އެމްބިއުލާންސް ގޮސް ސައިކަލުގައި ޖެހިގެންނެވެ. އަދި ސައިކަލުގައި އިން މީހާ އެމްބިއުލާންސްގެ ދަށުވި ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.

އެކްސިޑެންޓްތައް އިތުރުވަމުންދާތީ ހިނގާ މީހުންނާއި، ދުއްވާ މީހުން ވެސް ސަމާލުވެ، ދުވެލި މަޑުކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
100%
0%
0%
0%
ކޮމެންޓް