ކ. މާލެ
|
27 މާރޗް 2023 | ހޯމަ 08:08
މެޗަކުން ބަލިވުމުން ކޮންޓޭ މާޔޫސްވެފައި
މެޗަކުން ބަލިވުމުން ކޮންޓޭ މާޔޫސްވެފައި
ރޮއިޓާސް
ކޮންޓޭ ޓޮޓެންހަމް ކޯޗުކަން ދޫކޮށްލުން
16 މަހަށްފަހު ކޮންޓޭ ޓޮޓެންހަމް ކޯޗުކަން ދޫކޮށްލައިފި
ކޮންޓޭ ކޯޗުކަމުގައި ހޭދަކުރީ 16 މަސް

16 މަހަށްފަހު ޓޮޓެންހަމްގެ ކޯޗުކަމުން އެންޓޯނިއޯ ކޮންޓޭ ވަކިވެއްޖެއެވެ.

ކޮންޓޭ މަޤާމުން ވަކިވީ ދެފަރާތުން އެއްބަސްވެގެންނެވެ. ކޮންޓޭ ކޯޗުކަމުން ވަކިވެފައިވަނީ ޓީމްގެ ކުޅުންތެރިންގެ އިތުރުން މެނޭޖްމަންޓަށް ވެސް އޭނާގެ ފާޑުކިއުންތައް ތަކުރާރުވަމުން ދަނިކޮށެވެ. އެގޮތުން އޭނާ ޓީމްގެ ކުޅުންތެރިން ސިފަކުރަމުން އައިސްފައިވަނީ "އަމިއްލަ އެދުން" ބޮޑު ކުޅުންތެރިންގެ ގޮތުގައެވެ. ކްލަބް ހިންގަމުން އަންނަގޮތަށް ވެސް ކޮންޓޭ އައީ ފާޑުކިޔަމުންނެވެ. އެންމެފަހުން ސައުތްހެމްޓަންއާ 3-3 ން އެއްވަރުވި މެޗަށްފަހު ވެސް ކޮންޓޭ ވަނީ ފާޑުކިއުން ތަކުރާރުކޮށްފައެވެ. ބެލެވޭގޮތުގައި މިއީ އެކަން ތަކުރާރުކުރުމުގެ ފުރުޞަތު ނުދޭން ކްލަބުން ބޭނުންވެގެން ނިންމި ނިންމުމެކެވެ.

ކޮންޓޭ ކޯޗުކަމުން ވަކިވިއިރު ޓޮޓެންހަމް އޮތީ ޕްރިމިއަރ ލީގުގައި ހަތަރު ވަނާގައެވެ. އެހެން މުބާރާތްތަކުގައި ކުރިއަށް ދިއުމުގެ ފުރުޞަތު ނެތި ވަނީ ކަޓާފައެވެ. ކޮންޓޭ ވަކިވުމުން ސީޒަންގެ ނިޔަލަށް ވަގުތީ ކޯޗެއްގެ ގޮތުގައި ޓީމަށް އިރުޝާދުދޭނީ ކޮންޓޭގެ އެސިސްޓެންޓަކަށް ހުރި ކްރިސްޓިއަން ސްޓެލީނީއެވެ. އެނިންމުމަށްފަހު ކްލަބްގެ ޗެއަރމަން ވިދާޅުވީ ލީގުގައި ކުޅެންޖެހޭ ބާކީ ދިހަ މެޗު އެބައޮތްކަމަށާއި, ޗެމްޕިއަންސް ލީގުގެ ޖާގަ ޔަޤީންކުރަން ފައިޓް ކުރަން ޖެހޭކަމަށެވެ.

ކޮންޓޭ ވަކިވުމުން ހަތަރު އަހަރުގެ ތެރޭގައި ދާއިމީ ހަތަރުވަނަ ކޯޗެއް ހޯދަން ޓޮޓެންހަމްއަށް ވަނީ ޖެހިފައެވެ. އެއީ 2019 ވަނަ އަހަރު ޕޮޗެޓީނޯ ވަކިކުރި ހިސާބުންނެވެ.

- ކޮމެންޓް