Advertisement
ކ. މާލެ
|
21 މާރޗް 2023 | އަންގާރަ 17:57
މާލެއަށް ބޯކޮށް ވާރޭވެހެނީ
މާލެއަށް ބޯކޮށް ވާރޭވެހެނީ
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް، ވ އަތޮޅުން ފެށިގެން ލ އަތޮޅަށް ޔެލޯ އެލަރޓް
އަންގާރަ ދުވަހުގެ ރޭ، ދެކުނާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ގުގުރާނެ
ގދ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވަނީ ވައިޓް އެލަރޓް ނެރެފައި

ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ވ އަތޮޅުން ފެށިގެން ލ އަތޮޅަށް ޔެލޯ އެލަރޓް ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، އަންގާރަ ދުވަހުގެ ރޭ 20:15އާ ހަމައަށް، އެސަރަހައްދަށް ޔެލޯ އެލަރޓް ނެރޭކަމަށެވެ. މީގެއިތުރުން މެޓް އޮފީހުން ވަނީ، ގދ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލަރޓް ނެރެފައެވެ. އެސަރަހައްދަށް ވައިޓް އެލަރޓް ނެރެފައިވަނީ އަންގާރަ ދުވަހުގެ ރޭ 22:30އާ ހަމައަށެވެ. އެއީ ބޯކޮށް ވާރޭވެހުމާއެކު، ގުގުރާނެކަމަށް ލަފާކޮށްފައެވެ.

Advertisement

މީގެއިތުރުން މެޓް އޮފީހުން ބުނީ އަންގާރަ ދުވަހުގެ ރޭ ދެކުނާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރާނެކަމަށެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.

އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށާއި، އެހެން ހިސާބުތަކުގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް