ކ. މާލެ
|
21 މާރޗް 2023 | އަންގާރަ 14:47
މިދިޔަ އަހަރުގެ އެންމެ ރަނގަޅު އެސޯސިއޭޝަންގެ އެވޯޑް ބެޑްމިންޓަންއަށް ދެނީ
މިދިޔަ އަހަރުގެ އެންމެ ރަނގަޅު އެސޯސިއޭޝަންގެ އެވޯޑް ބެޑްމިންޓަންއަށް ދެނީ
ރައީސް އޮފީސް
ބެޑްމިންޓަން ޓީމްގެ އަމާޒު
މިއަހަރު އިންޓަރނޭޝަނަލް ތިން ގޭމްސްއަކަށް ޤައުމީ ބެޑްމިންޓަން ޓީމު ތައްޔާރުވަނީ މެޑަލް ހޯދަން – މޫސަ
ރާއްޖޭގައިވެސް އިންޓަރނޭޝަން ދެ މުބާރާތް އޮންނާނެ

މިއަހަރު އޮންނަ ބައިނަލްއަޤްވާމީ ތިން ގޭމްސްއަކަށް ރާއްޖޭގެ ޤައުމީ ބެޑްމިންޓަން ޓީމް ތައްޔާރުވަނީ މެޑަލް ހޯދަންކަމަށް އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ އެންމެ ރަނގަޅު އެސޯސިއޭޝަންގެ އެވޯޑް ހޯދުމަށްފަހު ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ އެއްވެސް މުބާރާތެއްގައި ރާއްޖޭގެ ޓީމް ބައިވެރިވުމުގެ ވިސްނުމުގައި ވާދަނުކުރާނެކަމަށެވެ. މިއަހަރު ރާއްޖެއިން ބޭރުގައި އޮންނަ ތިން ގޭމްސްގައިވެސް ވާދަކުރާނީ ނަތީޖާ ނެރެންކަމަށް ވިދާޅުވިއެވެ.

މިއަހަރު ބެޑްމިންޓަން ޓީމް ވާދަކުރާނެ ތިން ގޭމްސްއަކީ އޭޝިޔަން ގޭމްސް, ކޮމަންވެލްތް ގޭމްސް އަދި މީގެކުރިންވެސް މެޑަލް ހޯދާފައިވާ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްއެވެ.

މޫސަ ވިދާޅުވީ އެތިން ގޭމްސްއަކީވެސް ބެޑްމިންޓަނަށް ވަރަށް މުހިއްމު ތިން ގޭމްސްކަމަށެވެ. ތިން ގޭމްސްއަށް ޤައުމީ ޓީމް ތައްޔާރުވަމުން ދަނީ ބޭރުގެ ތަޖުރިބާކާރު ކޯޗެއްގެ އެހީގައެވެ.

ކޮރެއާގެ ޤައުމީ ކޯޗެއްގެ ގޮތުގައިވެސް މަސައްކަތްކުރި ޖަޕާންގައި ޖޫނިއަރ ނެޝަނަލް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ކޯޗެއް މަސައްކަތްކުރަމުން ދަނީ. ކުޅުންތެރިންގެ ފަރާތުން ލިބޭ ފީޑްބެކަކީ ވަރަށްބޮޑު ހިތްހަމަޖެހުމެއް. ކޯޗު މަސައްކަތްކުރަނީ ވަރަށް ޑެޑިކޭޓެޑްކޮށް.
މޫސާ ނާޝިދު/ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް

ތިން ގޭމްސްގެ އިތުރުން އރާއްޖޭގައި އޮންނަ އިންޓަރނޭޝަނަލް ޗެލެންޖް އަދި އިންޓަރނޭޝަނަލް ސީރީޒް އަހަރުގެ ފަހުކޮޅަށް ތާވަލްކުރަން މަސައްކަތްކުރައްވަމުންދާކަންވެސް މޫސަ ފާހަގަކުރެއްވިއެވެ.

- ކޮމެންޓް