Advertisement
ކ. މާލެ
|
20 މާރޗް 2023 | ހޯމަ 18:24
އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން
އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން
އެންވަރަންމަންޓް މިނިސްޓްރީ
ވެލާ ކަހަނބު އަރާ ގޮނޑުދޮށް ހިމާޔަތްކުރުން
ވަންދޫގެ ވެލާއަރާ ގޮނޑުދޮށް މޮނިޓަރ ކުރުމުގެ މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެއްއަހަރު ދުވަހުގެ މުއްދަތަށް
ވަންދޫއިން ވެލާ ކަހަނބު ބިސްއަޅާ ޕޮއިންޓެއް ދެނެގަނެވިފައިވޭ

ރ.ވަންދޫގެ ވެލާކަހަނބު އަރާ ގޮނޑުދޮށް ހިމާޔަތްކޮށް މޮނިޓަރ ކުރުމުގެ މަސައްކަތް ކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓްޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި އޮލިވް ރެޑްލީ ޕްރޮޖެކްޓް އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވަމްކޯ) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެއްބަސްވުމުގެ ދަށުން ވެލާ ކަހަނބު ހިމާޔަތް ކުރުމުގެ މަސައްކަތް ހުރިހާ އިދާރާއަކުން ގުޅިގެން ކުރާނެއެވެ. އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެއްއަހަރު ދުވަހުގެ މުއްދަތަށެވެ.

ވަންދޫއިން ވެލާ ކަހަނބު ބިސްއަޅާ ޕޮއިންޓެއް ދެނެގަނެވިފައިވާއިރު، އެތަންތަނުން ބިސް ނެގުން ވަނީ މަނާކުރެވިފައެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން 2014 ވަނަ އަހަރުން ފެށިގެން މި ޖަޒީރާއަށް ވެލާކަހާނބު މެނޭޖްމަންޓް ޕްލޭނެއް ވަނީ ތަންފީޒު ކޮއްފައެވެ. އަދި 2021 ވަނަ އަހަރު އީޕީއޭއާއެކު މިނިސްޓްރީން ރ. އިންނަމާދޫގެ ދަރިވަރުންނާއެކު ޕައިލެޓް މޮނިޓަރިންގ ޕްރޮޖެކްޓެއް ހިންގައި، 3 މަސްދުވަހުގެ މުއްދަތަށް ވެލާކަހަނބު ބިސް އަޅާ މިންވަރު ވަނީ ދެނެގަނެފައެވެ. އަދި މީގެ ކުރިން ބިސްއަޅާ މިންވަރަށްވުރެ މިހާރު ބިސްއަޅާ މިންވަރު ދަށްވެފައިވާކަން ނަތީޖާއިން ދައްކައެވެ.

Advertisement

ވެލާކަހަނބުގެ އާބާދީ ހިމާޔަތްކުރުމުގެ ގޮތުން ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް އީޕީއޭއާ ގުޅިގެން އޮލިވް ރެޑްލީ ޕްރޮޖެކްޓުން ދަނީ ހިންގަމުންނެވެ.

ވެލާ ކަހަނބަކީ "ގުދުރަތީ ގޮތުގައި ނުވަތަ ތަބައީ ގޮތުގައި ރައްކާތެރިކުރާ ދިރޭތަކެއްޗާބެހޭ ގަވާއިދު"އާއި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ 4 ވަނަ މާއްދާގެ ދަށުން ހިމާޔަތްކޮށްފައިވާ ޖަނަވާރެކެވެ. މީގެ އިތުރުން 2016 ވަނައަހަރު ވެލާ ކަހަނބާއި އޭގެ ބިސްތައް ވަނީ ހިމާޔަތްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް