ހުކުރު ދުވަހު ރާއްޖޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރިނަމަވެސް ހޮނިހިރު ދުވަހު މޫސުން ރަނގަޅުވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ހުކުރު ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށެވެ. އަދި ދެކުނުގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށެވެ.
ނަމަވެސް ހޮނިހިރު ދުވަހު އުތުރާއި ދެކުނުގެ އަތޮޅުތަކަށް ވިލާމަދުވެފައި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.
މީގެއިތުރުން ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.