އިންޑިޔާގައި އަންނަ ހަފުތާގައި ފަށާ އިންޑިއަން ގްރޯން ޕްރީ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ދުވުންތެރިން ހޮވައިފި އެވެ.
އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ މި މަހުގެ 20 އިން 27 އަށް ޓްރިވެންޑްރަމުގައި ބާއްވާ މުބާރާތުގައި ރާއްޖޭގެ ފަރާތުން ނުވަ ދުވުންތެރިއަކު ވާދަކުރާނެ ކަމަށެވެ. އެއީ ފަސް ފިރިހެން ދުވުންތެރިންނާއި ހަތަރު އަންހެން ދުވުންތެރިންނެވެ.
މި ޓީމުގައި ހިމެނެނީ ހުސައިން ޒީކް ސައުދާއި އަހުމަދު ނަޖުދާން އަބްދުﷲ އާއި އަބްދުއްރަޝީދު އިސްމާއީލް އާއި ހުސައިން ރިޒާ އާއި ރާއްޖޭގެ އެއްވަން ދުވުންތެރިޔާ ހަސަން ސާއިދެވެ. އަންހެން ޓީމުގައި ހިމެނެނީ އާމިނަތު ޖައިޝާ ޖުނީޒް އާއި މަރިޔަމް އަލްހާ ހުސައިން އާއި އައިޝަތު ޝަބާ ސަލީމް އާއި ޒިވާ މޫސާ ޝަފީއު އެވެ. މި ޓީމުގެ ކޯޗަކީ އަހުމަދު ފާއިލް އެވެ.