ކ. މާލެ
|
14 މާރޗް 2023 | އަންގާރަ 10:36
ސިޓީގެ ކުޅުންތެރިންނަށް ކޯޗު ގާޑިއޯލާ އިރުޝާދު ދެނީ
ސިޓީގެ ކުޅުންތެރިންނަށް ކޯޗު ގާޑިއޯލާ އިރުޝާދު ދެނީ
އީއެސްޕީއެން
ޗެމްޕިއަންސް ލީގު
ލައިޕްޒިގަށް ނޭންގެނީ އެޓޭކް ކުރާނެ ރަނގަޅު ވަގުތު: ގާޑިއޯލާ
 
މި މެޗަށް ނުކުންނައިރު ލައިޕްޒިގްގެ މުހިންމު ދެ ކުޅުންތެރިއަކަށް ނުކުޅެވޭނެ

ޖަރުމަނުގެ ލައިޕްޒިގް އަކީ ވަރަށް މޮޅު ޓީމެއް ކަމަށާއި ނަމަވެސް އެޓޭކް ކުރާނެ ރަނގަޅު ވަގުތު އެ ޓީމަށް ނޭނގޭ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރު ކުރުމަށް މިރޭ މި ދެ ޓީމު ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ.

އެމީހުން ވަރަށް މޮޅު. ފަހަތުން ކީޕަރާ ހިސާބުން ފެށިގެން ގޮސް ވަރަށް މޮޅަށް އެޓޭކް ކުރޭ. އަހަރުމެން އެތެރެއިން ޑިފެންސް ކުރާނަމަ އެމީހުން ދެ ފުލްބެކް ބޭނުންކޮށް އެޓޭކްކުރޭ. އަހަރުމެން ދަނޑުފުޅާމިނަށް ޑިފެންސް ކޮށްފިނަމަ އެމީހުން މެދުތެރެއިން އެޓޭކްކުރޭ. މިހެންވީމަ އެމީހުން ހުއްޓުވަން ވަރަށް އުނދަގޫ، ނަމަވެސް އެޓޭކް ކުރާނެ ރަނގަޅު ވަގުތު ދެނެގަންނަންޖެހޭ
މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މި ދެ ޓީމު ޖަރުމަނުގައި ކުޅުނު މެޗު ނިމުނީ 1-1އިން އެއްވަރުވެގެންނެވެ. ގާޑިއޯލާ އެ މެޗާމެދު އެއްގޮތަކަށް ވެސް ނުވިސްނާ ކަމަށާއި ނަމަވެސް މި މެޗަށް އޭނާގެ ޓީމަށް ބައެއް ބަދަލު ގެންނާނެ ކަމަށެވެ.

ލައިޕްޒިގް މި ވަގުތު އޮތީ ޖަރުމަނު ލީފުގެ ތާވަލުގެ ތިން ވަނާގަ އެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުން އެ ޓީމު މިހާތަނަށް ކުޅުނު މެޗުތަކުގެ ތެރެއިން ބަލިވީ އެންމެ ދެ މެޗަކުންނެވެ. މިއާއެކު ބާސެލޯނާގައި ދެ ފަހަރެއްގެ މަތިން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ގާޑީއޯލާ ބުނީ އޭނާ ޖަރުމަނުގެ ބަޔާން މިއުނިކަށް ކޯޗުކޮށްދިން ފަހަތުން އަބަދުވެސް ވިއްދާފައި އޮންނަ ޓީމަކީ ލައިޕްޒިގް ކަމަށާއި އެޓީމާމެދު ފަރުވާކުޑަކޮށްލައިގެން ނުވާނެ ކަމަށެވެ.

ނަމަވެސް މި މެޗަށް ނުކުންނައިރު ލައިޕްޒިގްގެ މުހިންމު ދެ ކުޅުންތެރިއަކަށް ނުކުޅެވޭނެ އެވެ. އެއީ މިޑްފީލްޑަރު ޒަވާ ޝްލެގާ އާއި ފޯވަޑް ކްރިސްޓޮފާ އެންކުންކޫ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
50%
25%
0%
0%
25%
0%
ކޮމެންޓް