Advertisement
ކ. މާލެ
|
12 މާރޗް 2023 | އާދީއްތަ 13:49
އާގަލާ ބޯޓުގައި ރޯވި ހާދިސާ
އާގަލާ ބޯޓުގައި ރޯވި ހާދިސާ
އެމްއެންޑީއެފް
އާގަލާބޯޓުގައި ރޯވުން
އާގަލާ ބޯޓުން ގެއްލުނު މީހާ ހޯދުން ހުއްޓައިލައިފި
މި ބޯޓުން ދަތުރުކުރި 14 މީހަކު ވަނީ ސަލާމަތްވެފައި

އާގަލާ ބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ހުއްޓައިލައިފިއެވެ.

މި މަހުގެ ފަސްވަނަ ދުވަހުގެ ރޭ އައްޑޫން ފުރައިގެން މާލެއަށް ދަތުރުކުރަމުންދަނިކޮށް އާގަލާ ބޯޓުގައި ރޯވީ ގާތްގަނޑަކަށް މެންދަމު 2:45 ހާއިރުއެވެ. އެންމެ ފުރަތަމަ އިންޖީނު ރޫމުގައި ރޯވިއިރު ކުޑައިރުކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ވަނީ ބޯޓަށް ފެތުރިގެންފައެވެ. އަލިފާން ރޯވި އިރު ޖުމުލަ 15 މީހުން ބޯޓުގައި ތިއްބެވެ. އެއީ ފަސް ދިވެހީންނާއި އިންޑިއާގެ ތިން މީހަކާއި ބަންގްލަދޭޝްގެ ތިން މީހެކެވެ.

އެ އެންމެން ވެސް ސަލާމަތްވާން ފުއްމާލީ މޫދަށެވެ. އެހެން ނަމަވެސް، ކޯސްޓުގާޑުން ގޮސް އެ މީހުން ސަލާމަތްކުރި އިރު އިންޑިއާއަށް ނިސްބަތްވާ އެ ބޯޓުގެ ފަޅުވެރިއަކު ވަނީ ގެއްލިފައެވެ. އޭނާއަށް ވީ ގޮތެއް ނޭނގެއެވެ.

Advertisement

އެމްއެންޑީއެފުން ބުނީ އޭނާ ހޯދުމަށް ކޯސްޓުގާޑުން ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަން 72 ގަޑިއިރަށްފަހު ވަނީ ހުއްޓައިލައިފައި ކަމަށެވެ. މި އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ޖުމުލަ 2،164 އަކަމީޓަރު ބަލައިފައިވާކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

އާގަލާ ބޯޓުން ސަލާމަތްވި އެންމެން ވެސް ގެންދިޔައީ މ. މުއްޔަށެވެ. އެ އެންމެން ވެސް އެ ރަށަށް ގެންދިޔައިރު ވެސް ހާލު ރަނގަޅެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް