ކ. މާލެ
|
11 މާރޗް 2023 | ހޮނިހިރު 07:08
އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް
އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް
އައިޔޫއެމް
އިސްލާމިކް ފައިނޭންސިންގ އާއި ބެހޭ އެގްޒިބިޝަން
އިސްލާމިކް ފައިނޭންސިންގ އާއި ބެހޭ އެގްޒިބިޝަން އެއް އައި.ޔޫ.އެމް އިން ބާއްވަނީ
މި އެގްޒިބިޝަން އޮންނާނީ އައިޔޫއެމްގެ ހޯލްގައި ހޮނިހިރު ދުވަހުގެ ހެނދުނު ދިހައަކުން ހަވީރު ހަޔަކަށް

އިސްލާމިކް ފައިނޭންސިން އާއި ބެހޭ އެގްޒިބިޝަނެއް އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އިން ކުރިޔަށް ގެންދަން ނިންމައިފިއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް އިސްލާމިކް ފައިނޭންސް އެގްޒިބިޝަން އޮފް މޯލްޑިވްސް (އެމް.އައި.ބީ.އައި.އެފް.އެމް)ގެ ނަމުގައި ކުރިއަށްދާ މި އެގްޒިބިޝަން އޮންނާނީ އައިޔޫއެމްގެ ހޯލްގައި ހޮނިހިރު ދުވަހުގެ ހެނދުނު ދިހައަކުން ހަވީރު ހަޔަކަށެވެ.

މި އެގްޒިބިޝަންގެ މަގުސަދަކީ އިސްލާމިކް މާލީ ނިޒާމާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި މި ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ހިތްވަރުދިނުމެވެ.

މި އެގްޒިބިޝަންގައި މޯލްޑިވްސް އިސްލާމިކް ބޭންކްގެ އިތުރުން ބީއެމްއެލް އިސްލާމިކް، އަޔާދީ ތަކާފުލް، އަމާނާ މޯލްޑިވްސް، އެޗްޑީއެފްސީ އަދި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ ސެންޓާ ފޯ އިސްލާމިކް އިކޮނޮމިކްސް ބައިވެރިވެއެވެ. މި އެގްޒިބިޝަނަށް އާންމު ފަރާތްތަކުން ހޮނިހިރު ދުވަހުގެ ހެނދުނު 10:30 އިން ފެށިގެން ހަވީރު 6:00 އާއި ހަމައަށް ޒިޔާރަތްކުރެވޭނެއެވެ.

މި އެގްޒިބިޝަންގައި އިސްލާމީ މާލީ ނިޒާމްގައި ހުރި ޕްރޮޑަކްޓްސްގެ އިތުރުން މި ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ބެހޭގޮތުން ފޯރަމެއް ބާއްވަން ވެސް ވަނީ ނިންމާފައެވެ. މޯލްޑިވްސް އިސްލާމިކް ބޭންކުން ވަނީ އެ ބޭންކުގައި ހުރި ވަޒީފާގެ ފުރުސަތުތަކަށް ވޯރކް އިން އިންޓަވިއުވެސް ކުރާގޮތަށް ހަމަޖައްސާފައެވެ.

މީގެ އިތުރުން މި އެގްޒިބިޝަންގައި ބައިވެރިވާ ދަރިވަރުންނާއި އާންމު ފަރާތްތަކަށް ޚާއްސަކޮށްގެން އިސްލާމީ މާލީ ނިޒާމާއި ބެހޭ ދެ ކުއިޒެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ކުއިޒުން ވަނަވަނަ އަށް އަންނަ ފަރާތްތަކަށް ފައިސާގެ އިނާމާއި އެހެނިހެން އިނާމްލިބޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި އެގްޒިބިޝަނަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ދޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މި ދަތުރު ސްޕޮންސާކޮށްފައި ވަނީ ޔަލަމްލަމް ހައްޖް އެންޑް އުމްރާ ގްރޫޕްގެ ފަރާތުންނެވެ. މީގެ އިތުރުން ގުރުއަތުން ހޮވޭ އެއް ފަރާތަކަށް ކިންޑަލް އެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އިނާމް ސްޕޮންސާކޮށްފައި ވަނީ އެލްމޯބައިލްގެ ފަރާތުންނެވެ.

މީގެ އިތުރުން މި އެގްޒިބިޝަންގައި ބައިވެރިވާ ދަރިވަރުންނާއި އާންމު ފަރާތްތަކަށް ޚާއްސަކޮށްގެން އިސްލާމީ މާލީ ނިޒާމާއި ބެހޭ ކުއިޒްއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ކުއިޒުން ވަނަވަނަ އަށް އަންނަ ފަރާތްތަކަށް ފައިސާގެ އިނާމާއި އެހެނިހެން އިނާމްލިބޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އަދި ކުއްލިއްޔާ އޮފް މެނޭޖްމަންޓް އެންޑް އިކޮނަމިކް ސްޓަޑީޒް އެފްބީ ޕޭޖްގައި ހިއްސާކޮށްފައިވާ ސުވާލަށް ރަނގަޅު ޖަވާބުދޭ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ކިންޑަލް އެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

- ކޮމެންޓް