ކ. މާލެ
|
9 މާރޗް 2023 | ބުރާސްފަތި 08:01
ބަޔާން އާއި ޕީއެސްޖީ ކުޅުނު މެޗުގެ ތެރެއިން. ގަދަ 8 އަށް ދިޔައީ ބަޔާން
ބަޔާން އާއި ޕީއެސްޖީ ކުޅުނު މެޗުގެ ތެރެއިން. ގަދަ 8 އަށް ދިޔައީ ބަޔާން
އޭއެފްޕީ
ޗެމްޕިއަންސް ލީގު
މި ފަހަރު ވެސް ޕީއެސްޖީއަކަށްނުވި، ބަޔާން ގަދަ އަށަކަށް
 
ޕީއެސްޖީގެ ކޯޗުގެ ވަޒީފާ ގެއްލުން ވަރަށް ގާތް

މޮޅު އެތައް ކުޅުންތެރިންނެއް ތިބި ނަމަވެސް އަނެއްކާ ވެސް ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތް ކާމިޔާބު ނުކުރެވި ފްރާންސްގެ ޕީއެސްޖީ ކަޓައި, ބަޔާން މިއުނިކް ގަދަ އަށަކަށް ދެމިގެންފި އެވެ.

ފްރާންސްގެ ޗެމްޕިއަނުން މުބާރާތުން ފެއިލްވީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކްގެ ދަނޑުގައި ކުޅުނު މެޗުން 2-0އިން ބަލިވެ، ދެމެޗުގެ ނަތީޖާއިން 3-0އިން ބަލިވުމުންނެވެ. މި ދެ ޓީމު ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗުގެ ނަތީޖާ އަކީ 1-0އިން ބަޔާން ކުރި ހޯދުމެވެ.

ހަ ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ބަޔާންއާ ދެކޮޅަށް ރޭ ޕީއެސްޖީއަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލަޔޮނަލް މެސީ އާއި ފްރާންސްގެ އިތުބާރު ފޯވަޑް ކީލިއަން އެމްބާޕޭ އަށް ވެސް މުޅި މެޗުގައި ވެސް ލިބުނީ އެންމެ ފުރުސަތެކެވެ. ނަމަވެސް މުޅި މެޗުގައި ވެސް އެންމެ ހުސް ފުރުސަތެއް ލިބުނީ ޕީއެސްޖީ އަށެވެ. ކީޕަރު ޔާން ސޯމާ ކޮއްޓަން އުޅެނިކޮށް، އޭނާ އަތުން ބޯޅަ ހޯދައިގެން ހުސްކޮށް އޮތް ގޯލަށް ވިޓީނިއީ ފޮނުވާލި ބޯޅަ ގޯލު ރޮނގު ހުރަސްކޮށްކޮށް އޮއްވައި ސަލާމަތްކޮށްދިނީ ބަޔާންގެ ޑިފެންޑަރު މަތިއަސް ޑިލިޓެވެ.

ބަޔާންގެ ފުރަަތަމަ ލަނޑު ޖެހީ ފަހު ހާފުގައި އެރިކް ޗޮއުޕޯ މޮޓިން އެވެ. މިއަށްފަހު މޮޅަށް ކުޅުނު ބަޔާންއިން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދި އެވެ. ފަހު ލަނޑުޖެހީ ލެރޯއީ ސާނޭ އެވެ.

ޕީއެސްޖީ މުބާރާތުން ކެޓުމުން ކޯޗު ކްރިސްޓޮފާ ގަލްޓިއާ އަށް އަންނަ ސީޒަނުގައި ވަޒީފާ ގެއްލުމުގެ ބިރު ވަރަށް ބޮޑެވެ. ސަބަބަކީ ޕީއެސްޖީގެ އަމާޒަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުން ކަމަށްވެފައި އެ ކާމިޔާބީއާ ހަމައަށް ޓީމު ގެންގޮސްދިނުމުގައި އޭނާގެ ތޫނުފިލިކަން ނެތްކަމަށް ގިނަ ބަޔަކު ގަބޫލުކުރާތީ އެވެ.

ޕީއެސްޖީން ވަކިކުރުމުން ޗެލްސީ އަށް ގޮސް މުބާރާތް ކާމިޔާބުޔުކުރި ކުރީގެ ކޯޗު ތޯމަސް ޓުޗެލް އާއި ޗެމްޕިއަންސް ލީގު ޕޯޓޯ އާއި އިންޓަމިލާނަށް ހޯދައިދީފައިވާ ތަޖުރިބާކާރު ކޯޗު ހޯސޭ މޮރީނިއޯއާ ޕީއެސްޖީން ދަނީ ވާހަކަ ދައްކަމުންނެވެ. މޮރީނިއޯ މިވަގުތު ހުރީ އިޓަލީގެ ރޯމާގަ އެވެ. އޭނާ ވަނީ މިދޔަ ސީޒަނުގެ ޔޫއޭފާ ކޮންފަރެންސް ލީގު ރޯމާ އަށް ހޯދައިދީފަ އެވެ. ޓުޗެލް ހުރީ ވަޒީފާއެއްނެތި މިވަގުތު ހުސްކޮށެެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
33%
67%
ކޮމެންޓް