ކ. މާލެ
|
5 މާރޗް 2023 | އާދީއްތަ 22:22
އެވަޓަންއިން ފުރަތަމަ ގޯލް ޖެހީ ޕެނަލްޓީއަކުން
އެވަޓަންއިން ފުރަތަމަ ގޯލް ޖެހީ ޕެނަލްޓީއަކުން
ޕްރިމިއަރ ލީގު
އިނގިރޭސި ޕްރިމިއަރ ލީގު
މެޗު އެއްވަރުވެ، އެވަޓަން ރެލިގޭޝަނުން ސަލާމަތެއް ނުވި
 
އެވަޓަން ރެލިގޭޝަންގައި އޮތީ ގޯލްގެ ތަފާތުން

މެޗުން މޮޅުވެގެން ރެލިގޭޝަން ޒޯނުން ކުރިއަށް ޖެހިލަން ލިބުނު ފުރުޞަތު އެވަޓަންއިން ނަގާލައިފިއެވެ.

އެވަޓަންއަށް ފުރުޞަތު ގެއްލުނީ ނޮޓިންގހަމް ފޮރެސްޓް އަތުން މޮޅުނުވެވި, މެޗު އެއްވަރުވުމުންނެވެ. މެޗު އެއްވަރުވީ 2-2 ނެވެ. ދިހަ ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ކުރި ހޯދީ އެވަޓަންއިންނެވެ. ޕެނަލްޓީ ކާމިޔާބުކުރީ ގްރޭއެވެ. އެކަމަކު އަށް މިނިޓްގެ ތެރޭގައި ޖޯންސަން ލަނޑު ޖަހާ ނޮޓިންގހަމް ފޮރެސްޓަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ދެވަނަ ފަހަރަށްވެސް ކުރި ހޯދީ އެވަޓަންއިންނެވެ. އެއީ 29 ވަނަ މިނިޓްގައި ޑޯކޯ ޖެހި ގޯލުންނެވެ. 77 ވަނަ މިނިޓްގައި ނޮޓިންގހަމް ފޮރެސްޓްގެ ދެވަނަ ގޯލްވެސް ޖެހީ ބްރެނަން ޖޯންސަންއެވެ.

ލީގު ތާވަލްގައި އެވަޓަން އޮތީ 22 ޕޮއިންޓާއެކު 18 ވަނައިގައެވެ. 17 ވަނައިގައި އޮތް ލީޑްސް ޔުނައިޓެޑާ ދެމެދު އޮތީ ގޯލްގެ ތަފާތެވެ. ނޮޓިންގހަމް ފޮރެސްޓް އޮތީ 26 ޕޮއިންޓާއެކު 14 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް