Advertisement
ކ. މާލެ
|
3 މާރޗް 2023 | ހުކުރު 07:18
މާލެ އަށް ވާރޭވެހިފައި
މާލެ އަށް ވާރޭވެހިފައި
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ހަފްތާ ބަންދުގައި ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެ
ހުކުރު ދުވަހު އުތުރުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެ
ހުކުރު ދުވަހު މެދު ރާއްޖެތެރެއާއި ދެކުނުގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެ

ހަފްތާ ބަންދުގައި ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި ހުކުރު ދުވަހު އުތުރުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެއެވެ. ނަމަވެސް މެދު ރާއްޖެތެރެއާއި ދެކުނުގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެއެވެ.

Advertisement

ހޮނިހިރު ދުވަހު އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެއެވެ. މެދު ރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށާއި ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މީގެއިތުރުން މެޓް އޮފީހުން ލަފާކުރާ ގޮތުގައި މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެއެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް