ކ. މާލެ
|
2 މާރޗް 2023 | ބުރާސްފަތި 18:00
މޯލްޑިވްސް ޕޮލިސް ސަރވިސް
މޯލްޑިވްސް ޕޮލިސް ސަރވިސް
ޕޮލިސް
މަގުމަތީ އެކްސިޑެންޓު
މިދިޔަ މަހު އެކަނި 194 އެކްސިޑެންޓު ހިނގައިފައިވޭ
އެންމެ ގިނައީ ވައްކަމުގެ މައްސަލަތައް

ނިމިދިޔަ ފެބްރުވަރީ މަހު އެކަނި ވެސް 194 އެކްސިޑެންޓު ހިނގައިފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ފެބްރުވަރީ މަހު އެކަނި ވެސް ވަނީ 194 ޓްރެފިކް އެކްސިޑެންޓު ރިޕޯޓްކޮށްފައެވެ. ފެބްރުވަރީ މަހާއި ޖަނަވަރީ މަސް އަޅާކިޔާއިރު ފެބްރުވަރީ މަހުގައި އެކްސިޑެންޓުތައް ގިނައެވެ. އެ ގޮތުން ޖަނަވަރީ މަހު ހިނގައިފައިވަނީ 149 އެކްސިޑެންޓެވެ. އެހެންކަމުން ފެބްރުވަރީ މަހު 45 އެކްސިޑެންޓުގެ އިތުރުވުމެއް ތަފާސްހިސާބުތަކުން ދައްކައެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެންމެ ގިނަ އަދަދަކަށް ރިޕޯޓު ކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެ ގޮތުން 308 ވައްކަމުގެ މައްސަލަަ ރިިޕޯޓު ކޮށްފައިވާއިރު ފޭރުމުގެ 30 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ ވެސް 157 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. މަސްތުވާތަކެތީގެ މައްސަލަތައް ވެސް ޖަނަވަރީއާ އަޅާކިޔާއިރު ވަނީ އިތުރުވެފައެވެ. އެ ގޮތުން ޖަނަވަރީ މަހު ރިޕޯޓްކޮށްފައިވަނީ 129 މައްސަލައެވެ.

ޖިންސީ ގޯނާއާއި ފުރައްސާރައިގެ 25 މައްސަލައަކާއި ގެވެށި އަނިޔާގެ 18 މައްސަލައެއް ވެސް ފެބްރުވަރީ މަހު ރިޕޯޓުކޮށްފައިވެއެވެ. އަދި މީހުންނަށް ހަމަލާދިނުމުގެ 47 މައްސަލައެއް ވެސް ވަނީ ރިޕޯޓްކޮށްފައެވެ.

- ކޮމެންޓް