ކ. މާލެ
|
1 މާރޗް 2023 | ބުދަ 13:35
ބިންހެލުން
ބިންހެލުން
ހިންދުސްތާނީ ޓައިމްސް
ޕަޕުއާ ނިއުގިނީ އަށް ބިންހެލުމެއް އައުން
ޕަޕުއާ ނިއުގިނީ އަށް ބިންހެލުމެއް އަތުވެއްޖެ
ބިންހެލުމުގެ މާ ބޮޑު ތަފްސީލެއް އަދި ހާމައެއް ނުވޭ

ސައުތު-ވެސްޓް ޕެސިފިކްގެ ގައުމެއް ކަމަށްވާ ޕަޕުއާ ނިއުގިނީ އަށް ބުދަދުވަހު ހެދުނު ބިންހެލުމެއް އައިސްފައިވާ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭ އިން ބުނެފި އެވެ. 6.5 ގެ ބާރުމިނުގައި އެގައުމުގެ ކިމްބޭ ރީޖަން އަށް އައި ބިންހެލުން ފެށިފައިވަނީ ބިމުގެ 582.6 ކިލޯމީޓަރ އަޑިން ކަމަށް ޚަބަރު ލިބެއެވެ.

ޖަޒީރާތަކެއްވެސް އެކުލެވޭ ޕަޕުއާ ނިއުގިނީ ދުނިޔޭގައި މަޝްހޫރު ވެފައިވަނީ ރީތި ބީޗް ތަކާއި ރީތި ކޮރަލް ފަރުތަކުގެ އިތުރުން ބޯ ޖަންގަލިތައް އަދި ހައިކިންގ ރޫޓްތަކުގެ ސަބަބުންނެވެ.

ޕަޕުއާ ނިއުގިނީގައި ބައެއް އަލިފާން ފަރުބަދަ ހުންނަ އިރު މީގެ ތެރެއިން ބައެއް ތަންތަނަކީ "އެކްޓިވް" ނުވަތަ އަވަސް އަވަހަށް ގޮވާ ތަންތަނުގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

ބުދަދުވަހު އައި ބިންހެލުމާގުޅޭ މާ ގިނަ ތަފްސީލް އަދި ހާމައެއް ނުވެއެވެ.  

- ކޮމެންޓް