ސަރުކާރުން ވައުދު ފުއްދަމުން ދާއިރަކު ކޯލިޝަން ޕާޓްނަރުގެ ރޯލެއް އޮންނަކަމަކަށް ނުފެންނަ ކަމަށްށާއި، ސަރުކާރު އެކުލަވާލަންވީމާ ޖޭޕީ ވަރެއް ނޯންނަކަމުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
2008ވަނަ އަހަރުގެ ފަހުން ރާއްޖޭގައި އެކުލަވައިލެވުނު ކޮންމެ ސަރުކާރެއްގައި ޖުމްހޫރީ ޕާޓީގެ ދައުރު ބޮޑުކަމަށާ އެއިން ކޮންމެ ފަހަރަކު ވެސް ޖުމްހޫރީ ޕާޓީ ނުކުންނަނީ ރައްޔިތުންނަށް ފައިދާހުރި މުހިންމު ވައުދުތަކާ އެކުގައި ކަމަށް އެޕާޓީ އިން ބުނެއެވެ. އެހެން ނަމަވެސް ޖުމްހޫރީ ޕާޓީއަށް ވެރިކަމަށް ނާދެވި ފުރަތަމަ ބުރުގައި އެއްވަނަ ނުވަތަ ދެވަނަ ލިބޭ ޕާޓީއާ ކޯލިޝަން ހަދަން ޖެހޭ ކަމަށް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ފާއިތުވެދިޔަ ތިން ރިޔާސީ އިންތިހާބުގައި ވެސް ވެެރިކަމަށް އައި ޕާޓީތަކަށް، ޖޭޕީއާއެކު ކޯލިޝަން ނުހެދި ނަމަ ވެރިކަމަށް ނާދެވުނީސް ކަމަށެވެ. އެހެންކަމުން ފާއިތުވެދިޔަ ސަރުކާރާއި މިހާރުގެ ސަރުކާރުން ވެސް ކުރާ ރަނގަޅު ހުރިހާ ކަމެއް ޖޭޕީއަށް ވެސް ނިސްބަތްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ސަރުކާރުގައި ވެސް އެންމެ ހިންގުންތެރި ވުޒާރާތަކުގައި ވެސް އެ ޕާޓީގެ ސްލޮޓުގައި ތިއްބެވި ވަޒީރުން ހިމެނިވަޑައިގަންނަވާކަމުގައި ގާސިމް ވިދާޅުވިއެވެ.
ކޯލިޝަން ހަދާ ބައިވެރިންނާއެކު އަބަދުވެސް އެއްބަސްވަނީ ސަރުކާރުގެ ސިޔާސަތުތައް އެކުލަވައިލުމުގައި އާއި ތަންފީޒު ކުރުމުގެ ހުރިހާ މަރުހަލާއެއްގައި ވެސް ޖޭޕީގެ ބާރު ބޭއްވުމަށް ކަމަށް ގާސިމް ވިދާޅުވިއެވެ. މަޖިލީހުގެ ގޮނޑިތަކާއި ސަރުކާރުގެ މަގާމުތައް ބެހިގެން ދާއިރު ގުޅިގެން ވާދަކޮށް ޖުމްހޫރީ ޕާޓީގެ ބައިވެރިވުން ދިނުމަށް އެދެވެނީ ރައްޔިތުން އެދޭ އެދުންތައް ފުއްދައިދިނުމަށް ޓަކައި ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެން ނަަމަވެސް ކަންތައް ވަނީ އެހެނެއް ނޫންކަން ތިޔަ އެންމެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ވުމާއެކު މި ކަންކަމުގައި ޕާޓީގެ މެންބަރުންގެ ޝަކުވާތައް އަބަދާއި އަބަަދު އަޅުގަނޑާ ހަމައަށް ވެސް ކެނޑިނޭޅި އާދޭ. އެހެން ނަމަވެސް އަޅުގަނޑުމެން ކެތްތެރިކަމާ މަޑުމައިތިރިކަމާއެކު އެކު ތިބެނީ ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންތައްތަކުގެ ތެރެއިން ކިތަންމެ ކުޑަމިންވަރެއް ނަމަވެސް ފުރިހަމަވެގެން ދިއުމަކީ ޖުމްލަކޮށް ރާއްޖޭގެ ގިނަ ބަޔަކަށް މަންފާކުރާނެކަމަށް ވާތީ ގައުމީ ވިސްނުމެއްގައި،ގާސިމް އިބްރާހިމް
ގާސިމް ވިދާޅުވީ ގިނަ ފަހަރަށް ސަރުކާރު އެކުލަވައިލުމަށްފަހު ސަރުކާރުން ހާސިލުކުރާ ރަނގަޅު ކަންކަން ޖުމްހޫރީ ޕާޓީއަށް ނިސްބަތްކުރުމަށް ބައެއް ފަރާތްތަކުން ޖެހިލުންވާތީ ކަމަށެވެ. އަދި ސަރުކާރުން ވައުދު ފުއްދަމުންދާއިރު ކޯލިޝަން ޕާޓްނަރުގެ ރޯލެއް އޮންނަކަމަކަށް ނުވާ ކަމަށާއި ނަމަވެސް ސަރުކާރު އެކުލަވައިލަން ވުމުން ޖޭޕީ ވަރެއް ނޯންނަ ކަމަށް އޭނާ ވިދާޅުވިއެވެ.