ކ. މާލެ
|
23 ފެބްރުއަރީ 2023 | ބުރާސްފަތި 07:41
ބާސެލޯނާގެ ކޯޗު ޒަވީ (ވ) އާއި ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭޒް
ބާސެލޯނާގެ ކޯޗު ޒަވީ (ވ) އާއި ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭޒް
ޑެއިލީ މެއިލް
ޔޫރޮޕާ ލީގް
ބުރޫނޯ ފެނާންޑޭޒަށް "ޕޯޗުގަލް މީހާ" އޭ ބުނުމުން ސަޕޯޓަރުންގެ މަލާމާތް ޒަވީ އަށް
ބުރޫނޯ ފެނާންޑޭޒް ނޫން އެހެން ހުރިހާ ކުޅުންތެރިންގެ ނަން ޒަވީ ރަނގަޅަށް ކިޔާފައިވޭ

މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިންގެ ނަންތައް ކިއުމުގެ ތެރޭގައި ބުރޫނޯ ފެނާންޑޭޒަށް "ޕޯޗުގަލް މީހާ" އޭ ބުނުމުން ބާސެލޯނާގެ ކޯޗު ޒަވީ ހަނާންޑޭޒަށް ޔުނައިޓެޑްގެ ސަޕޯޓަރުން މާލާމާތް ކޮށްފި އެވެ.

ޔޫރޮޕާ ލީގުގައި މިރޭ ބާސެލޯނާ އާއި ޔުނައިޓެޑް އޯލްޑް ޓްރެފޯޑްގައި ބައްދަލުކުރާ މެޗުގެ ކުރިން ވާހަކަ ދައްކަމުން ޒަވީ ބުނީ ޔުނައިޓެޑްގައި ތިބި ކުޅުންތެރިން މިހާރު ދައްކަނީ މޮޅު ކުޅުމެއް ކަމަށެވެ. މި ގޮތުން ކުޅުންތެރިންގެ ނަންތައް ކިއުމުގެ ތެރޭގައި އޭނާ އަށް ބުރޫނޯ ފެނާންޑޭޒްގެ ނަން ހަނދާން ނެތުނީ އެވެ.

(ޔުނައިޓެޑްގެ ކޯޗު އެރިކް ޓެންހަގް) އެދަނީ އޭނާގެ ހުރިހާ ކުޅުންތެރިންގެ ބޭނުން ވަރަށް ފުރިހަމައަށް ކުރަމުން. ކަލޭމެން ބަލާ (ޖޯޑަން) ސަންޗޯ، (މާކަސް) ރަޝްފޯޑް، ޕޯޗުގަލް މީހާ (ބުރޯނޯ) އަދި ބަލާ ފްރެޑް ކުޅޭލެއް މޮޅުކަން
ބާސެލޯނާގެ ކޯޗު ޒަވީ

އޭނާ މިހެން ބުނުމާއެކު ޔުނައިޓެޑްގެ ސަޕޯޓަރުން ވަނީ ޒަވީ އަށް "ސްޕޭން މީހާ" ނަމުން މުހާތަބްކޮށްފަ އެވެ. އަދި ޓުވިޓާގައި މިކަމާމެދު ވާހަކަ ދެއްކި ގިނަ ސަޕޯޓަރުން ވަނީ މެޗުގައި ފަހު ވަގުތު ގޯލެއް ޖަހައިގެން ޒަވީ އަށް ރަނގަޅު ފިލާވަޅެއްދޭން ބުރޫނޯ ފެނާންޑޭޒްގެ ކިބައިން އެދިފަ އެވެ.

އެމީހުން ބުނަނީ ސްޕޭން މީހާ އަށް ޕޯޗުގަލް މީހާ (ބުރޫނޯ ފެނާންޑޭޒް)ގެ ނަން ހަނދާން ނުނެތޭވަރު ކުރެވޭނީ އެއިރުން ކަމަށެވެ. އަނެއް ބަޔަކު ބުނަނީ މެޗުގެ 89 ވަނަ މިނެޓުގައި ޕެނަލްޓީއެއް ހޯދައި އެ ޕެނަލްޓީ ބުރޫނޯ ފެނާންޑޭޒް ކާމިޔާބު ކުރުމަށެވެ. އޭނާ އަކީ ޔުނައިޓެޑަށް މީގެ ދެ ސީޒަން ކުރިން ބަދަލުވުމަށްފަހު ޓީމުގައި މިހާރު އެންމެ ރަނގަޅަށް ކުޅެމުން އަންނަ އެއް ކުޅުންތެރިޔާ އެވެ.

ޔޫރޮޕާ ލީގުގައި ބާސެލޯނާ އާއި ޔުނައިޓެޑް މިރޭ ކުޅޭ މެޗަކީ ކޮންމެހެން ނަތީޖާ ނެރެންޖެހޭ މެޗެކެވެ. މުބާރާތުގެ ގަދަ 16 އަށް ދާނީ މިރޭގެ މެޗުން މޮޅުވާ ޓީމެކެވެ. ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑަށް މި ދެ ޓީމު ނުކުންނައިރު ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 2-2އިން އެއްވަރުވެގެންނެވެ.

- ކޮމެންޓް