ޔޫރޮޕާ ލީގުގައި އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ ބަލިވާން ދަނިކޮށް ބްރެޒިލްގެ ފޯވަޑް ރަފީނިއާ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދީފި އެވެ.
މިހެންވެ މުބާރާތުގެ ގަދަ 16 އަށްދާނެ ޓީމެއް ކަށަވަރުވާނީ މި ދެ ޓީމު ޔުނައިޓެޑްގެ ދަނޑުގައި އަންނަ ހުކުރު ދުވަހުގެ ރޭ ކުޅޭ މެޗަށް ފަހު އެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ 50 ވަނަ މިނެޓުގައި ބާސެލޯނާގެ މާކަސް އަލޮންސޯ އެވެ. ނަމަވެސް އޭގެ ދެ މިނެޓު ފަހުން މާކަސް ރަޝްފޯޑް ގޯލެއް ޖަހައި ނަތީޖާ ހަމަހަކުރި އެވެ. މި ލަނޑަށްފަހު ޔުނައިޓެޑުން ލީޑުނެގީ ހަތް މިނެޓު ފަހުން ބާސެލޯނާގެ ހޫލްސް ކޫންޑޭ އަތުން ބައިކޮޅަށް ޖެހި ގޯލަކުންނެވެ. ބާސެލޯނާގެ ނަތީޖާ ހަމަހަމަވީ ބްރެޒިލްގެ ރަފީނިއާ އެވެ.
މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ ދެ ޓީމުން ވެސް ކުޅުނީ ވަރަށް އެޓޭކިން ގޭމެއް ކަމަށެވެ.
މި މެޗު ހީވީ ޗެމްޕިއަންސް ލީގު މެޗެއްހެން. ދެ ޓީމު ވެސް ކުޅުނީ ވަރަށް އެޓޭކިން ގޭމެއް. އަހަރެން އުއްމީދުކުރިން އަހަރުމެން މެޗުގެ ފުރަތަމަ ގޯލު ޖަހާނެ ކަމަށް. ޓީމު އެވަރަށް ކުޅުނު. އެކަމަކު ފުރަތަމަ ގޯލު ނުޖެހުމުގެ އުނިކަން ފެނުނުޔުނައިޓެޑްގެ ކޯޗު ޓެން ހާގް
އޭނާ އަދި ބުނީ ރަޝްފޯޑްގެ ފަރާތުން ތަފާތު ފެނުނު ކަމަށާއި ކުޅުންތެރިޔާ މިވަގުތު ހުރީ ވަރަށް ފޯމުގައި ކަމަށެވެ. ނަމަވެސް ނަތީޖާ ހަމަހަމަވެގެން ނުކުތީ ހުރިހާ ކުޅުންތެރިންގެ މަސައްކަތުން ކަމަށެވެ. މެޗުގައި ރެފްރީ ޓެން ހާގަށް ރީނދޫކާޑު ދައްކާފައިވާތީވެ ކޯޗު ބުނީ މެޗުގައި ބައެއް ކަންކަން ރެފްރީންގެ ކޮންޓްރޯލް ނައްޓައިގެން ދިޔަ ކަމަށެވެ. އޭގެ ސަބަބަކީ ބާސެލޯނާގެ ދަނޑުގައި މެޗު ކުޅުން ކަމަށާއި ގާތްގަނޑަކަށް އެއްލައްކަ މީހުންގެ ސްޓޭޑިއަމުގައ ތިބި ސަޕޯޓަރުންގެ ޕްރެޝަރ މެޗުގެ ރެފްރީންނަށް ފޯރިކަމަށެވެ.
ކޫންޑޭގެ އަތުގައި ޖެހުނު ބޯޅަ އަށް އޭނާ އަށް ރަތްކާޑު ދައްކަންޖެހޭ ކަމަށް މެޗަށް ފަހު ރަޝްފޯޑް ބުންޏެވެ.