ޗާންދަނީ މަގުގައި ބުރާސްފަތި ދުވަހު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ފުރަތަމަ ވިދާޅުވީ އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅެނީ އެ މަގުގައި ހުންނަ ރެޑްބީ ފިހާރައިގައި ކަމަށެވެ. ނަމަވެސް އެއީ އޮޅުމެއް ކަމަށާއި އަލިފާން ރޯވީ މއ. އާހިޔާގުލްޝަން ގްރައުންޑް ފްލޯގެ ޑީ ބޯޑުގައި ކަމަށް ފަހުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އެފްއާރުއެސްގެ ފަޔާމަނުން ދިޔައިރު އަލިފާންގަނޑު ނިއްވާލައިފައިވާ ކަމަށައި ނަމަވެސް ދުމުގެ އަސަރު ހުރުމުން މުޅި ބިލްޑިން ވަނީ އެވަކުއޭޓް ކުރެވިފައި ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
މި ހާދިސާގައި އެއްްވެސް މީހަކަށް ގެއްލުމެއް ވީ ކަމެއް ނޭނގެއެވެ.