ކ. މާލެ
|
15 ފެބްރުއަރީ 2023 | ބުދަ 22:42
ފުވައްމުލަކުގައި އަލިފާނުގެ ހާދިސާއެއްވަނީ ހިނގައިފައި --
ފުވައްމުލަކުގައި އަލިފާނުގެ ހާދިސާއެއްވަނީ ހިނގައިފައި --
އެމްއެންޑީއެފް
އަލިފާނުގެ ހާދިސާ
ފުވައްމުލަކު ޗަސްބިމުގައި ރޯވި އަލިފާން ނިއްވައިލައިފި
އަލިފާނުގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައެއް ނުވޭ

ފުވައްމުލަކު ސިޓީގެ ޗަސްބިމުގައި ރޯވި އަލިފާން ނިއްވައިލައިފިއެވެ.

ފުވައްމުލަކު ދޫނޑިގަން އަވަށު ޗަސްބިމުގައި ރޯވެ އަނދަން ފަށާފައިވަނީ ބުދަ ދުވަހުގެ ރޭ 07:30އެހާއިރު ކަމަށް މައުލޫމާތު ލިބެއެވެ. އެހެންނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެނގިފައެއް ނުވެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ދޫނޑިގަން އަވަށު ޗަަކަބިން ސަރަހައްދުގައި އަލިފާން ރޯވެގެން އެ ރަށު ފަޔަރ ސްޓޭޝަންގެ އޮފިސަރުން އަލިފާން ނިއްވުމުގައި އެ ސަރަހައްދުގައި ހަރަކާތްތެރި ވެފައި ވެއެވެ. އޮފިޝަލް ވިދާޅުވިގޮތުގައި މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ ބުދަ ދުވަހުގެ ރޭ 07:30 އެހާއިރު ކަމަށެވެ.

ފުވައްމުލަކުގެ ޗަކަބިން ސަރަހައްދުގައި މީގެ ކުރިންވެސް ވަނީ އަލިފާނުގެ ހާދިސާތައް ހިނގާފައެވެ. ބޯކޮށް ވިނަ ހެދިފައި އޮންނަ އެ ސަރަހައްދުގައި ފަސޭހައިން ހުޅުހިފައި އަލިފާންގަނޑު ފެތުރެން ދިމާވެއެެވެ.

- ކޮމެންޓް