ކ. މާލެ
|
15 ފެބްރުއަރީ 2023 | ބުދަ 21:22
ފުވައްމުލަކުގައި އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައި
ފުވައްމުލަކުގައި އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައި
އެމްއެންޑީއެފް
ފުވައްމުލަކު ޗަސްބިމުގައި ރޯވުން
ފުވައްމުލަކު ޗަސްބިން ސަރަހައްދުގައި ރޯވެ، އަނދަނީ
އެސަރަހައްދުގައި ރޯވީ ކިހިނެއް ކަމެއް އަދި ނޭނގޭ

ފުވައްމުލަކު ސިޓީގެ ޗަސްބިމުގައި ރޯވެ އަނދަން ފަަށައިފިއެވެ.

ފުވައްމުލަކު ދޫނޑިގަން އަވަށު ޗަސްބިމުގައި ރޯވެ އަނދަން ފަށާފައިވަނީ ބުދަ ދުވަހުގެ ރޭ 07:30ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ. އެހެންނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެނގިފައެއް ނުވެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދޫނޑިގަން އަވަށު ޗަަކަބިން ސަރަހައްދުގައި އަލިފާން ރޯވެގެން އެ ރަށު ފަޔަރ ސްޓޭޝަންގެ އޮފިސަރުން މިހާރު އަލިފާން ނިއްވުމުގައި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާ ކަމަށެވެ. އޮފިޝަލް ވިދާޅުވިގޮތުގައި މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ ބުދަ ދުވަހުގެ ރޭ 07:30ހާއިރު ކަމަށެވެ.

މިހާތަނަށް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިވާކަމެއް އެނގިފައެއް ނުވެއެވެެ. އަދި އަލިފާން ހިފާފައިވަނީ ކިހާވަރަކަށް ކަމެއްވެސް އެމްއެންޑީއެފުން ބުނެފައެއްނުވެއެވެ.

ފުވައްމުލަކުގެ ޗަކަބިން ސަރަހައްދުގައި މީގެ ކުރިންވެސް ވަނީ އަލިފާނުގެ ހާދިސާތައް ހިނގާފައެވެ. ބޯކޮށް ވިނަ ހެދިފައި އޮންނަ އެ ސަރަހައްދުގައި ފަސޭހައިން ހުޅުހިފައި އަލިފާންގަނޑު ފެތުރެއެެވެ.

- ކޮމެންޓް