ކ. މާލެ
|
11 ފެބްރުއަރީ 2023 | ހޮނިހިރު 06:24
މޯލްޑޯވާ ގެ ބޮޑުވަޒީރު ނަޓާލިއާ ގަވްރިލީޓާ
މޯލްޑޯވާ ގެ ބޮޑުވަޒީރު ނަޓާލިއާ ގަވްރިލީޓާ
ޓައިމްސް އޮފް އިންޑިއާ
މޯލްޑޯވާ ގެ ބޮޑުވަޒީރާ އިސްތިއުފާ ދެއްވުން
މޯލްޑޯވާ ގެ ބޮޑުވަޒީރާއި އެކަމަނާގެ ސަރުކާރު އިސްތިއުފާދީފި
މޯލްޑޯވާ ގެ އިގްތިޞާދީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި

މޯލްޑޯވާ ގެ ބޮޑިވަޒީރު ނަޓާލިއާ ގަވްރިލީޓާ އާއި އެކަމަނާގެ ސަރުކާރު އިސްތިއުފާ ދެއްވައިފިއެވެ.

18 މަސްދުވަހު ވެރިކަމުގައި ހުންނެވުމަށްފަހު ހުކުރު ދުވަހު އިސްތިއުފާ ދެއްވާކަން ހާމަކުރައްވާފައިވާއިރު މޮލްޑާވާގެ އިގްތިޞާދީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ވަކިން ޚާއްސަކޮށް މޯލްޑޯވާގެ އަވަށްޓެރި ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ އަސަރު ވަރަށް ބޮޑަށް ވަނީ އެގައުމަށް ކޮށްފައެވެ.

ހުކުރު ދުވަހު ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަޓާލިއާ ވިދާޅުވީ އުނދަގޫ މިދަތި ދަނޑިވަޅުން އަރައިގަނެވޭނެކަމަށް ގަބޫލުފުޅު ކުރައްވާކަމަށެވެ. ކުރީގެ ސޯވިއެޓް ޔޫނިއަންގެ ގައުމެއް ކަމުގައިވާ މޯލްޑޯވާގެ 2.5 މިލިއަން މީހުންނަށް ވަނީ ފާއިތުވި އަހަރު އިންތިހާ ދަރަޖައަށް އިގްތިޞާދީ ގޮތުން ދަތިތައް ކުރިމަތިވެފައެވެ. ވަކިން ޚާއްސަކޮށް ގިނަ އަދަދެއްގެ ޔޫކްރެއިންގެ ރެފިޔުޖީން އެގައުމުގައި އުޅެމުންދާއިރު ތަކެތީގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ.

ރަޝިޔާއިން ޔޫކްރެއިންގެ ހަކަތައާއި ގުޅޭ ތަންތަނަށް ދިން ހަމަލާތަކާއި ގުޅިގެން މޯލްޑޯވާއަށް ވަނީ ކަރަންޓް ލިބުމުގައި ދަތިވެފައެވެ. އަދި ގޭސް ހޯދުމުގައި އެގައުމުން ރަޝިޔާއަށް ވަމުން އައި ބަރޯސާވުން ވަނީ ހަނގުރާމައާ ގުޅިގެން ނިމުމަކަށް އައިސްފައެވެ.

ތަކެތީގެ އަގު ވަކިން ޚާއްސަކޮށް ގޭހުގެ އަގު ބޮޑުވުމުގެ ސަބަބުން މޯލްޑޯވާގައި އަންނަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަމުންނެވެ. ނަމަވެސް މޯލްޑޯވާގެ ސަރުކާރުން ގަބޫލުކުރާ ގޮތުގައި އެއީ ރަޝިޔާއިން އިސްވެ އޮވެ ހިންގާ ހަރަކާތް ތަކެކެވެ.

2021 ވަނަ އަހަރުގެ އޮގަސްޓް މަހު ނަޓާލިއާ ވެރިކަމަށް ވަޑައިގެންނެވީ ކޮރަޕްޝަން ފޮހެލުމުގެ ސިޔާސަތާއެކުއެވެ. އަނެއްކޮޅުން އީޔޫ އިން ވަނީ މިދިޔަ އަހަރު މޯލްޑޯވާ އަކީ އީޔޫގެ މެމްބަރު ގައުމެއްގެ ގޮތުގައި ބަލައިގަނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް