އިނގިރޭސި ޕްރިމިއަރ ލީގުގައި މިހަފްތާގައި ޗެމްޕިއަން މެންޗެސްޓަރ ސިޓީ އަތުން މޮޅުވި މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ޓޮޓެންހަމްގެ ކެޕްޓަން އަދި ކީޕަރު ހޫގޯ ލޮރިސްގިނަ ދުވަސްތަކަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެއެވެ.
ލޮރިސްއަށް އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނީ އެންމެ އަވަހަށްވެސް ހަ ހަފްތާ ފަހުންނެވެ. ރިޕޯރޓްތައް ބުނާ ގޮތުގައި ތަޖުރިބާކާރު ކީޕަރު އެނބުރި އަންނަން ހަ ހަފްތާއާ އަށް ހަފްތާއާ ދެމެދުގެ މުއްދަތެއް ނަގާނެއެވެ. އަނިޔާވީ ލޮރިސްގެ ކަކުލުގެ ލިގަމެންޓަށެވެ. 36 އަހަރުގެ ކީޕަރު ނެތުން ވާނީ ޓޮޓެންހަމްއަށް ދިމާވާނެ ބޮޑު މައްސަލައަކަށެވެ. އެންމެ ފަހުން ނިމުނު ވަރލްޑްކަޕްގައިވެސް ފްރާންސްގެ ކެޕްޓަންކަންކޮށް ގޯލްވެސް ބެލެހެއްޓި ކީޕަރަށް އަނިޔާވިއިރު ޓޮޓެންހަމް އޮތީ ލީގު ތާވަލްގެ ފަސްވަނައިގައެވެ. މިދިޔަ އަހަރު އޮތް ވަރލްޑްކަޕަށްފަހު ލޮރިސް ވަނީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ. ލޮރިސް ނެތްތައް ފޫބައްދަން ހުރީ ކުރިން ސައުތްހެމްޓަންގެ ގޯލް ބެހެލެއްޓި އިންގްލެންޑް ކީޕަރު ފޯސްޓާއެވެ. އޭނާ ހިލޭ އެއްބަސްވުމެއްގެ ދަށުން ޓޮޓެންހަމްއާ ގުޅުނީ އެންމެފަހުން ޓްރާންސްފާގައެވެ. ލީގުގައި ޓޮޓެންހަމްއަށް އަދި ކުޅުނީ އެންމެ މެޗެކެވެ.
ޓޮޓެންހަމްއަށް ކުރިއަށް އޮތީ ހޮނިހިރު ދުވަހު ލެސްޓަރ ސިޓީއާ ވާދަކުރާ މެޗެވެ. އޭގެފަހުން އަންގާރަ ދުވަހު ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި އޭސީ މިލާނާ ވާދަކުރާނެއެވެ.