ކ. މާލެ
|
4 ފެބްރުއަރީ 2023 | ހޮނިހިރު 20:39
މެޗުން މޮޅުވި ލަނޑު ޖެހުމަށްފަހު އެވަޓަން ކުޅުންތެރިން
މެޗުން މޮޅުވި ލަނޑު ޖެހުމަށްފަހު އެވަޓަން ކުޅުންތެރިން
ރޮއިޓާސް
އިނގިރޭސި ޕްރިމިއަރ ލީގު
އާ ކޯޗާއެކު އެވަޓަންއިން އާސެނަލް ބަލިކޮށްފި
 
މެޗަށް ނިކުތް އިރު އެވަޓަން އޮތީ ރެލިގޭޝަން ޒޯންގައި

އާ ކޯޗު ޝޯން ޑައިޝްގެ އިރުޝާދުގެ ދަށުން އެވަޓަން ކުޅުނު ފުރަތަމަ މެޗުގައި އެއްވަނައިގައި އޮތް އާސެނަލް ބަލިކޮށްފިއެވެ.

އާސެނަލް ބަލިކޮށް, މިވަގުތު އެވަޓަން އޮތީ ރެލިގޭޝަން ޒޯނުން ބޭރުގައެވެ. މެޗުން މޮޅުވެ ލީޑް އަށް ޕޮއިންޓަށް ފުޅާކުރަން ލިބުނު ފުރުޞަތު ގެއްލި, އާސެނަލް އަތުގައި މިހާރު އޮތީ ފަސް ޕޮއިންޓްގެ ލީޑެކެވެ. އާސެނަލް އަތުން އެވަޓަން މޮޅުވީ 1-0 ނެވެ. މެޗުން އެވަޓަން މޮޅުކޮށްދިން ލަނޑު ޖެހީ ދެވަނަ ހާފްގައި ޓާކޯސްކީއެވެ. ހޯމަ ދުވަހު އެވަޓަންގެ ކޯޗުކަމާ ހަވާލުވެ, އެވަޓަންގެ ދަނޑުގައި މިހޯދި މޮޅަކީ އެވަޓަންއަށް އުއްމީދީ މޮޅެކެވެ. މޮޅެއް މިހޯދީ އެގާރަ މެޗަށްފަހުއެވެ. އެވަޓަންގެ ކޯޗުކަމަށް ޝޯން ޑައިޝް ހަމަޖެއްސީ މިދިޔަ މަހު ލަމްޕާޑް މަޤާމުން ވަކިކުރުމަށްފަހުއެވެ.

މިމޮޅާއެކު އެވަޓަން މިހާރު އޮތީ 21 މެޗުން 18 ޕޮއިންޓާއެކު 17 ވަނައިގައެވެ. އާސެނަލް އެއްވަނައިގައި އޮތީ 20 މެޗުން 50 ޕޮއިންޓާއެކުއެވެ. މެންޗެސްޓަރ ސިޓީ އޮތީ 45 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
100%
ކޮމެންޓް