Advertisement
ކ. މާލެ
|
3 ފެބްރުއަރީ 2023 | ހުކުރު 05:40
ވިނަރެސް ފްލެޓްތައް
ވިނަރެސް ފްލެޓްތައް
ރާއްޖެއެމްވީ
ވިނަރެސް ފްލެޓް ލިބޭ މީހުން
ވިނަރެސް ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި
މި ލިސްޓުގައި ގުޅީފަޅުން ކުރިން ދޫކުރި ފްލެޓްތައް ލިބުނު މީހުންނާއި، ސީލައިފް ކުންފުނިން ހަދަން އުޅުނު ފްލެޓަށް ފައިސާ ދެއްކި މީހުންނާއި، ހިޔާ ފްލެޓް ލިބި ދޫކޮށްލި މީހުން ނުހިމެނޭ
މާލޭގައި ރަޖިސްޓްރީނުވެ، ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީއިން 1094 މީހަކު ޝަރުތު ހަމަވޭ
ރަޖިސްޓްރީ ވެފައިވާތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީން 267 މީހަކު ޝަރުތު ހަމަވޭ

ހުޅުމާލޭގެ ފޭސް 2ގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އަޅާފައިވާ ވިނަރެސް ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފިއެވެ.

ވިނަރެސް ފްލެޓްތައް ލިބޭ މީހުންގެ ވަގުތީ ލިސްޓު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އާންމު ކުރުމަށް ފަހު އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެއަށްފަހު ދާއިމީ ލިސްޓު ފެބްރުއަރީ 2 ވަނަ ދުވަހު އާންމުކޮށްފައިވާއިރު އެޗްޑީސީން ބުނީ ދާއިމީ ލިސްޓް ނެރުނީ ހައުސިން މިނިސްޓްރީން ވަގުތީ ލިސްޓް މުރާޖާ ކުރުމަށްފަހުކަމަށެވެ. އަދި މި ލިސްޓުގައި ގުޅީފަޅުން ކުރިން ދޫކުރި ފްލެޓްތައް ލިބުނު މީހުންނާއި، ސީލައިފް ކުންފުނިން ހަދަން އުޅުނު ފްލެޓަށް ފައިސާ ދެއްކި މީހުންނާއި، ހިޔާ ފްލެޓް ލިބި ދޫކޮށްލި މީހުން ނުހިމެނޭނެ ކަމަށެވެ.

Advertisement

އެޗްޑީސީން ނެރުނު ދާއިމީ ލިސްޓުގައި، މާލޭގައި ރަޖިސްޓްރީނުވެ، ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީއިން 1094 މީހަކު ޝަރުތު ހަމަވާއިރު، މާލޭގައި ރަޖިސްޓްރީ ވެފައިވާތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީން 267 މީހަކު ޝަރުތު ހަމަވެއެވެ.

ލިސްޓުގައި ނަން އޮތް ފަރާތްތަކުގެ ތެރެއިން ދެމަފިރިން ވަކިން ފޯމް ހުށަހަޅާފައި އޮތަސް، ލިބޭނީ އެންމެ ފްލެޓެއް ގަތުމުގެ ފުރުސަތު ކަމަށް ވެސް އެޗްޑީސީން ބުނެއެޗެ.

އެޗްޑީސީން ބުނިީ ދެން އޮންނާނީ ފްލެޓަށް ޝަރުތު ހަމަވި ފަރާތްތަކުގެ މާލީ ގާބިލުކަން ބެލުމުގެ މަރުހަލާއެވެ. އެ މަރުހަލާ ނިމުމުން ބުކިން ފީ ނެގުމާއި ބޭނުންވާ ފްލެޓް އިހްތިޔާރު ކުރުމުގެ ފުރުސަތަށް ހުޅުވާލާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ ފްލެޓަށް އެއްކޮށް ފައިސާ ދައްކާ ގޮތަށް ހުށަހަޅާފައިވާ ފަރާތްތަކާއި ލޯނު މެދުވެރިކޮށް ފައިސާ ދައްކާ ގޮތަށް ފްލެޓަށް ހުށަހަޅާފައިވާ ފަރާތްތަކުގެ މާލީ ގާބިލްކަން ވެސް ތިން ވަނަ ފަރާތެއް މެދުވެރިކޮށް ބަލާނެ ކަމަށެވެ. އަދި އެކަމާބެހޭ މައުލޫމާތު ދޭން ގުޅާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ވިނަރެސް މަޝްރޫއުގެ ދަށުން ޗައިނާގެ ސީއެމްއީސީއާ ހަވާލުކޮށްގެން 10 ޓަވަރުގެ މަސައްކަތް ކުރިއަށްގެންދެއެވެ. މި 10 ޓަވަރުގައި ޖުމްލަ 1344 ފްލެޓް ހަދާފައިވެއެވެ. ވިނަރެސްގައި ދެ ވައްތަރެއްގެ އެޕާޓްމަންޓު ހިމެނެއެވެ. 902 އަކަފޫޓު އަދި 883 އަކަފޫޓް ހިމެނޭ މި އެޕާޓްމަންޓްތަކުގައި 3 ކޮޓަރި އަދި 3 ފާހާނަ އަދި ބެލްކަނީ ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް