ކ. މާލެ
|
3 ފެބްރުއަރީ 2023 | ހުކުރު 05:20
މާލެއަށް ވާރޭވެހިފައި
މާލެއަށް ވާރޭވެހިފައި
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ސްރީލަންކާ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ކުރާނެ
ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ
ހުކުރު ދުވަހުގެ މެންދުރު ފަހާއި ހޮނިހިރު ދުވަހު ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭ

ރާއްޖޭގެ އިރުއުތުރުން ސްރީލަންކާ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ މިކޮޅިގަނޑު މަޑުމަޑުން ހުޅަނގު ދެކުނަށް ދަތުރުކޮށް ކުރިޔަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އިރުމަތިން، ގަލްފު އޮފް މަންނާރާއި ކޮމޮރިން ސަރަހައްދު ހިމެނޭ ގޮތަށް ސްރީލަންކާގެ ހުޅަނގު އައްސޭރި ފަށަށް ޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. މިކޮޅިގަނޑާއި ގުޅިފައިވާ ލޯޕްރެޝަރ ޓްރަފް ރާއްޖޭގެ އިރުމަތިން ފެށިގެން އިރުދެކުނު އަރަބި ކަނޑާއި ހަމައަށް ފޯރާފައިވާކަމަށެވެ.

އެހެންކަމުން ހުކުރު ދުވަހުގެ މެންދުރު ފަހާއި ހޮނިހިރު ދުވަހު ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

މެޓް އޮފީހުން ބުނެފައިވަނީ މެދުރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހަފްތާ ބަންދުގައި ކެރީގެ އަސަރުކުރާނެކަމަށެވެ.

- ކޮމެންޓް