ކ. މާލެ
|
31 ޖެނުއަރީ 2023 | އަންގާރަ 13:51
ވައިނުސާފުވުން
ވައިނުސާފުވުން
މެޓް އޮފީސް
ރާއްޖޭގެ މޫސުން
މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައިނުސާފުވެ ދުރުފެންނަ މިންވަރު ދަށްވެއްޖެ
އާންމު ގޮތެއްގައި 10 ކިލޯމީޓަރަށް ވުރެ ދުރު ފެނެނު ނަމަވެސް މިއަދު ހެނދުނު 7ން ފެށިގެން ޚާއްސަކޮށް މެދު ރާއްޖެތެރެ ހިމެނޭ ސަރަހައްދުގައި މި މިންވަރު ވަނީ އެވްރެޖު ގޮތެއްގައި 4 ކިލޯމީޓަރަށް ދަށްވެފައި
ފެންނަ ނިސްބަތް ދަށްވުމުގައި ވައިގެ މިސްރާބާއި ބާރުމިން އަދި ވާރޭވެހުން މުހިންމު ދައުރެއް އަދާކުރޭ
އިރުވައި މޫސުމުގެ ގިނަ ދުވަސްތަކެއްގައި އާންމުކޮށް ރާއްޖެ ސަރަހައްދުގެ ވައި ނުސާފުވެ ދުރުފެންނަ މިންވަރު ދަށްވޭ

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އާންމުކޮށް އުތުރުން ވައިޖެހެމުންދާއިރު މެދު ރާއްޖެތެރެ އާއި އުތުރު އަތޮޅުތަކުގައި ވައި ނުސާފުވެ ލޮލަށްފެންނަ ދުރުމިން ދަށްވެފައިވާކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މިކަމާއި ގުޅޭގޮތުން މެޓް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އާންމު ގޮތެއްގައި 10 ކިލޯމީޓަރަށް ވުރެ ދުރު ފެނެނު ނަމަވެސް އަންގާރަ ދުވަހުގެ ހެނދުނު 7ން ފެށިގެން ޚާއްސަކޮށް މެދު ރާއްޖެތެރެ ހިމެނޭ ސަރަހައްދުގައި މި މިންވަރު ވަނީ އެވްރެޖު ގޮތެއްގައި 4 ކިލޯމީޓަރަށް ދަށްވެފައިކަމަށެވެ. ދުރުފެންނަ ނިސްބަތް ދަށްވުމުގައި ވައިގެ މިސްރާބާއި ބާރުމިން އަދި ވާރޭވެހުން މުހިންމު ދައުރެއް އަދާކުރާކަމަށް މެޓް އޮފީހުން ބުނެއެވެ.

އިރުވައި މޫސުމުގެ ގިނަ ދުވަސްތަކެއްގައި އާންމުކޮށް ރާއްޖެ ސަރަހައްދުގެ ވައި ނުސާފުވެ ދުރުފެންނަ މިންވަރު ދަށްވެއެވެ.

ރާއްޖޭގެ ސަރަހައްދުގައި އެވަގުތެއްގައި ވައިގެ ސާފު މިންވަރު ނުވަތަ "އެއަރ ކޮލިޓީ އިންޑެކްސް" އައިކިޔު އެއަރ ގެ ވެބްސައިޓް އަދި މޮބައިލް އެޕްލިކޭޝަން "އެއަރވިޝުއަލް" އިން ބަލާލެވޭނެއެވެ.

އަންގާރަ ދުވަހު ރާއްޖޭގެ ދެކުނުގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

- ކޮމެންޓް