ޤައުމީ ވޮލީބޯޅަ މުބާރާތް ކާމިޔާބުކުރި ކްލަބް ވެމްކޯގެ އަންހެން ވޮލީ ޓީމަކީ ކުރީގެ އެއްވަނަ ފިރިހެން ކުޅުންތެރިޔާ ނިޒާރު އިބްރާހީމް ތައްޔާރުކުރި ޓީމެއްކަމަށް އެޓީމްގެ ކޯޗު އައިޝަތު ނާޒިމާ ބުނެފިއެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަޤާމް ލިބުނު ކުރީގެ އެއްވަނަ އަންހެން ކުޅުންތެރިޔާ ބުނީ ނިޒާރު އޭނާއާ ޓީމް ހަވާލުކުރީ ޓީމެއް ތައްޔާރުކޮށްފައިކަމަށެވެ. އެއީ ޤަވާއިދު އޮތްގޮތުން ނިޒާރަށް ކޯޗެއްގެ ގޮތުގައި ޓީމްގެ ބެންޗްގައި ނީނދެވޭތީކަން ނާޒިމާ ފާހަގަކުރިއެވެ.
ދެން ވަރަށް ނުކުރާނެކަމެއް ކަންނޭންގެ އަންހެނެއްގެ އަތްމައްޗަށް ޓީމް ދޫކޮށްލާފަ, އިތުބާރުކޮށްފަ, ނާޒީއަށް އެއިތުބާރުދީފަ ޓީމް ހަވާލުކޮށްފަ އެސޯސިއޭޝަން ކަޕްގައި ދުރުގައިހުރީ, މިފަހަރު ނާޒިއާ އެއްކޮށް ބެންޗްގައި އިނދެވުނު. ކޯޗެއްގެ ގޮތުގައި ނިޒާރާ އެއްކޮށް މަސައްކަތްކުރަން ވަރަށް ފަސޭހަ.އައިޝަތު ނާޒިމާ- ކްލަބް ވެމްކޯގެ ކޯޗު
ނާޒިމާ ބުނީ ނިޒާރަކީ މަޝްވަރާކޮށްގެން ކަންކަން ނިންމާ ކޯޗެއްކަމަށެވެ. ޓީމް މުބާރާތަށް ތައްޔާރުވާން ފެށީވެސް އަދި މުބާރާތާ ހަމައަށް އައީވެސް ނިޒާރުއާއެކު ޕްރެކްޓިސްކޮށްގެންނެވެ. ނާޒިމާ ޓީމާ ގުޅުނީ ސީދާ މުބާރާތަށެވެ. ޓީމް ތައްޔާރުވަމުން ދިޔައިރު އޮތީ އޮޕަރޭޝަނެއްކޮށްގެން ހޮސްޕިޓަލްގައިކަމަށް މުބާރާތުގައި ބެންޗްގައި އިނދެ ޓީމަށް އިރުޝާދުދިން ކޯޗު ބުންޏެވެ.
ނާޒިމާ ބުނީ ކުރި އިތުބާރު ދަމަހައްޓަން މަސައްކަތްކުރި ކަމަށާއި, ހަޤީޤަތުގައި މިފަހަރު އޭނާއަށް އޮތީ ކުޑަ ރޯލެއްކަމަށެވެ. ނަތީޖާ ނެރެވުނީ ކުޅުންތެރިންވެސް އޭނާއަށް އިހުތިރާމްކޮށް, ބަލައިގަތުމުންކަން ނާޒިމާ ފާހަގަކުރިއެވެ. ވެމްކޯ މުބާރާތް ކާމިޔާބުކުރީ ފައިނަލްގައި ކްލަބް ވޮލީބޯލް ބަލިކޮށްގެންނެވެ.