ކ. މާލެ
|
23 ޖެނުއަރީ 2023 | ހޯމަ 07:38
ރޮނަލްޑޯ މެޗުގައި ލަނޑުޖެހި ޓަލިސްކާއާއެކު އުފާފާޅުކުރަނީ
ރޮނަލްޑޯ މެޗުގައި ލަނޑުޖެހި ޓަލިސްކާއާއެކު އުފާފާޅުކުރަނީ
ރޮއިޓާސް
ސައުދީ ޕްރޯ ލީގު
ފުރަތަމަ މެޗުގައިވެސް ރޮނަލްޑޯއަށް ބޮޑު ތަރުހީބެއް، ޓީމް މޮޅު
އަލް ނަސްރު މޮޅުވީ 1-0 ން

ސައުދީ ޕްރޯ ލީގަށް ބަދަލުވެ, ކްރިސްޓިއާނޯ ރޮނަލްޑޯ އެލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ސަޕޯޓަރުންގެ ފަރާތުން އޭނާއަށް ލިބުނު ބޮޑު ތަރުހީބަކާއެކު ޓީމް މޮޅުވެއްޖެއެވެ.

މެޗަށް ނިކުތްއިރުވެސް ލީގު ތާވަލްގެ އެއްވަނާގައި އޮތް އަލް-ނަސްރު މެޗު ކާމިޔާބުކުރީ އިއްތިފާޤުއާ ވާދަކޮށް 1-0 ނެވެ. މެޗުގެ ހަމައެކަނި ލަނޑު ޖެހީ ބްރެޒިލް މިޑްފީލްޑަރ ޓަލިސްކާއެވެ. 37 އަހަރުގެ ޕޯޗްގަލް ކެޕްޓަން އަލް ނަސްރުގެ ޖަރޒީގައި މުޅި މެޗު ފުރިހަމަކުރީ ކެޕްޓަން ބޭންޑާއެކުއެވެ. ލީގު ތާވަލްގެ އެއްވަނާގައި އަލް ނަސްރު އޮތީ ޕޮއިންޓެއްގެ ފަރަގަކާއެކުއެވެ. ދެވަނާގައި އޮތީ އަލް ހިލާލްއެވެ.

މެންޗެސްޓަރ ޔުނައިޓެޑާއި, ރެއާލް މެޑްރިޑްގެ އިތުރުން ޔުވެންޓަސްގައި ތަށިތައް ހޯދުމުގެ އިތުރުން ރެކޯޑްތައް ހެދި ރޮނަލްޑޯއަށް ސަޕޯޓަރުންގެ ވަރަށްބޮޑު ސަޕޯޓެއް ސައުދީގައި އަންނަނީ ލިބެމުންނެވެ. އޭނާގެ ފުރަތަމަ މެޗުގައި ސަޕޯޓަރުންވަނީ ރޮނަލްޑޯއަށް އޮތް ސަޕޯޓް ދައްކާލާފައެވެ. ސައުދީއަށް ބަދަލުވެ ރޮނަލްޑޯ ކުޅުނު ފުރަތަމަ މެޗަކަށްވީ މެސީ ކުޅެމުން އަންނަ ޕީއެސްޖީއާ ދެކޮޅަށް ރިޔާދު އޯލް ސްޓާ 11 ކުޅުނު މެޗެވެ. އެމެޗުން ޕީއެސްޖީ މޮޅުވިޔަސް, މެޗުގައި ދެ ލަނޑު ޖަހާ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ރޮނަލްޑޯއެވެ.

- ކޮމެންޓް