ކ. މާލެ
|
22 ޖެނުއަރީ 2023 | އާދީއްތަ 22:05
ސިޓީގެ ފުރަތަމަ ގޯލް ޖެހުމަށްފަހު ހާލާންޑް
ސިޓީގެ ފުރަތަމަ ގޯލް ޖެހުމަށްފަހު ހާލާންޑް
ރޮއިޓާސް
އިނގިރޭސި ޕްރިމިއަރ ލީގު
ހާލާންޑްގެ ހެޓްރިކުން މޮޅުވެ، ސިޓީން ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފި
ވުލްވްސް އަތުން ސިޓީ މޮޅުވީ 3-0 ން

ފޯވަޑް ހާލާންޑްގެ ހެޓްރިކުން މޮޅުވެ, މެންޗެސްޓަރ ސިޓީން އެއްވަނައިގައި އޮތް އާސެނަލްއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ.

ޗެމްޕިއަން ސިޓީން ފަރަގު ކުޑަކުރީ 3-0 ން ވުލްވްސް ބަލިކޮށްގެންނެވެ. ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ތިން ގޯލް ވެސް ޖެހީ ހާލާންޑެވެ. މިމެޗުގެ ކުރިން ސިޓީން ކުޅުނު ތިން މެޗުގައިވެސް ހާލާންޑަށް ގޯލެއް ނުޖެހެއެވެ. ވުލްވްސް ކޮޅަށް ހާލާންޑް ފުރަތަމަ ގޯލް ޖެހީ ފުރަތަމަ ހާފްގެ ފަހު ފަސް މިނިޓްގައި ކެވިން ޑެބުރައިނާ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. ދެވަނަ ގޯލް ދެވަނަ ހާފް ފަށައިގެން ފަސްވަނަ މިނިޓްގައި ޖެހީ ޕެނަލްޓީއަކުންނެވެ. އޭގެ ތިން މިނިޓްފަހުން ހެޓްރިކް ހެދީ ރިޔާދު މާރޭޒް ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. މިއީ މިސީޒަންގައި ސިޓީއަށް ބަދަލުވެ ހާލާންޑް ހެދި ހަތަރުވަނަ ހެޓްރިކެވެ. އަދި ސީޒަންގައި ސިޓީއަށް އޭނާ ޖަހައިދިން ގޯލްގެ އަދަދު 31 އަށް އެރީއެވެ. އޭގެތެރެއިން 25 ގޯލް ޖެހީ ޕްރިމިއަރ ލީގުގައެވެ.

މިމޮޅާއެކު ސިޓީ ދެވަނައިގައި އޮތީ 20 މެޗުން 45 ޕޮއިންޓާއެކުއެވެ. އާސެނަލް ވަނީ 19 މެޗުން 48 ޕޮއިންޓް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް