ސްޕެނިޝް ކަޕްގެ ކްއާޓާ ފައިނަލުން ރެއާލް މެޑްރިޑާއި ބާސެލޯނާވެސް ޖާގަ ހޯދައިފިއެވެ.
މިހަފްތާގައި ސްޕެނިޝް ސުޕަރ ކަޕްގެ ފައިނަލްގައިވެސް ވާދަކުރި ދެޓީމްގެ ތެރެއިން ބާސެލޯނާ ކްއާޓާ ފައިނަލަށް ދަތުރުކުރީ ތިންވަނަ ޑިވިޝަންގެ އޭޑީ ކުއޭޓާ 5-0 ން ބަލިކޮށްގެންނެވެ. މެޗުގައި ލެވާންޑޯސްކީ ދެ ލަނޑު ޖެހިއެވެ. ފުރަތަމަ ލަނޑު ޖެހީ ރަފީނިއާއެވެ. އަނެއް ދެ ލަނޑު ޖެހީ އަންސޫ ފާޓީއާއި, ކެސީއެވެ.
ރެއާލް މެޑްރިޑް ކުއާޓާ ފައިނަލަށް ދަތުރުކުރީ އުނދަގޫތަކަކަށްފަހު ދެވަނަ ހާފްގެ ލަނޑުތަކުން ކުރި ހޯދައިގެންނެވެ. އެއީ 3-2 ން ވިޔަ ރެއާލް ބަލިކޮށްގެންނެވެ. ފުރަތަމަ ހާފް ނިމުނުއިރު 2-0 ން ކުރީގައި އޮތީ ވިޔަ ރެއާލްއެވެ. ފިޔަ ރެއާލްއަށް ފުރަތަމަ ހާފްގައި ދެ ލަނޑުގެ ލީޑެއް ހޯދައިދިނީ އެޓިއަން ކަޕޫއާއި ސެމިއުލް ޗުުވޭޒީއެވެ. ދެވަނަ ހާފްގައި ރެއާލްއަށް ފުރަތަމަ ގޯލް ޖަހައިދިނީ ވިނީޝިއުސް ޖޫނިއަރއެވެ. ނަތީޖާ ހަމަހަމަކޮށްދިނީ އެޑާ މިލިޓާއޯއެވެ. ކުރި ހޯދައިިދިނީ 86 ވަނަ މިނެޓުއި ސެބަޔޯސްއެވެ. ފުރަތަމަ ގޯލް ޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީވެސް ސެބާޔޯސްއެވެ.