ކ. މާލެ
|
15 ޖެނުއަރީ 2023 | އާދީއްތަ 07:46
މެޗުގެ ހަމައެކަނި ލަނޑަށްފަހު އިންޓަރމިލާން ކުޅުންތެރިން
މެޗުގެ ހަމައެކަނި ލަނޑަށްފަހު އިންޓަރމިލާން ކުޅުންތެރިން
ރޮއިޓާސް
އިޓާލިއަން ސެރީ އޭ
އިންޓަރ މިލާން މޮޅުވެ، ޔުވެންޓަސްއާ އަރާ ހަމަކޮށްފި
 
އިންޓަރ މިލާން މޮޅުވީ 1-0 ން

އިޓާލިއަން ސެރީ އޭގައި އިންޓަރ މިލާން މޮޅުވެ, ތިންވަނާގައި އޮތް ޔުވެންޓަސްއާ އަރާހަމަކޮށްފިއެވެ.

އިންޓަރ މިލާނުން ޔުވެންޓަސްއާ އަރާހަމަކުރީ ހެލަސް ވެރޯނާ 1-0 ން ބަލިކޮށް ހޯދި ތިން ޕޮއިންޓާއެކު 18 މެޗުން 37 ޕޮއިންޓު ހޯދައިގެންނެވެ. މިހަފްތާގައި މޮޅުނުވެވުނު ޔުވެންޓަސް ތިންވަނާގައި އޮތީވެސް 18 މެޗުން 37 ޕޮއިންޓާއެކުއެވެ. ދެޓީމްގެ މެދުގައި އޮތީ ގޯލެއްގެ ފަރަގެވެ. ވެރޯނާ އަތުން އިންޓަރ މިލާން މޮޅުކޮށްދިން ލަނޑު, މެޗު ފަށައިގެން ތިންވަނަ މިނެޓުގައި ޖެހީ އާޖެންޓީނާގެ ފޯވާޑް ލައުޓާރޯ މާޓިނޭޒްއެވެ.

ލީގު ތާވަލްގެ ދެވަނާގައި ތިން ޕޮއިންޓްގެ ލީޑެއް ހޯދަން އޭސީ މިލާނަށް ލިބުނު ފުރުޞަތުގެ ބޭނުމެއްވެސް ނުކުރެވުނެވެ. ލެއްޗެއާ ވާދަކޮށް އެއްވަރުވީ ފަހަތުން އަރާ ދެ ގޯލް ޖަހައިގެންނެވެ. ބައިގޯލަކާއެކު ފުރަތަމަ ހާފުގައި ލެއްޗެއިން ދެ ގޯލްގެ ލީޑެއް ނެގިއެވެ. މިލާނުން ނަތީޖާ ހަމަހަމަކުރީ ދެވަަ ހާފުގައި ދެގޯލް ޖަހައިގެންނެވެ. މިލާން ދެވަނާގައި އޮތީ 38 ޕޮއިންޓާއެކުއެވެ. އެއްވަނާގައި އޮތީ 47 ޕޮއިންޓާއެކު ނަޕޯލީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް