އެކަކަށް ބާވެގެން ދޫކޮށްލާ އެއްޗަކީ އަނެކާއަށް އޭގައި ކިތަންމެ ބޮޑު ފައިދާއެއް އެކުލެވިގެންވާ އެއްޗަކަށް ވެދާނެއެވެ. ދެމެހެއްޓެނިވި ދިރިއުޅުމަކަށް ވަކާލާތު ކުރަމުންދާ އަދުގެ ދުނިޔޭގައި، އެކަކު ބޭނުން ކުރުމަށް ފަހު ދޫކޮށްލާ އެއްޗެއް، ފުރުޞަތު އޮތް ކަމުގައި ވާނަމަ، ދެވަނަ މީހަކު އަލުން އެ ބޭނުން ކުރުމުގައި ގޯހެއްވެސް ނެތެވެ. ދިރިއުޅުމުގެ ހާލަތާއި ފެންވަރަށް ބަލާއިރު، އެއީ އަގު ދަށް ކަމެއްވެސް ނޫނެވެ. އެކަމުން ދައްކުވާދެނީ އިސްރާފު ކުރުމުގެ މުޑުދާރު އަމަލުން ނަފުސު ޠާހިރުވެފައި ވުން ކަމުގައިވެސް ސިފަ ކުރެވިދާނެއެވެ.
އެތައް އަހަރަކަށް ދިގުލާ ދިޔަ ހަނގުރާމައިގެ ސަބަބުން އިޖުތިމާއީ އަދި އިޤްތިޞާދީ ކާރިޘީ އަނދަވަޅަކަށް ވެއްޓިފައި ވާ އެއް ޤައުމަކީ ޔަމަނެވެ. ދިރިއުޅުމުގެ މައިދާނުގައި ކުރިމަތިލާން ޖެހިފައި ވާގޮންޖެހުންތައް، ގުނާ ޢަދަދު ކުރަން ދަތިވެފައި ވާ ޔަމަނުގެ ޒުވާނުން، އެ އަނދަވަޅުގަނޑުގެ ތެރޭގައި ތިބޭކަށް ގަސްތެއް ނުކުރެއެވެ. ދިރިއުޅުން އާރާސްތުކޮށް، ގެދޮރު ބިނާ ކުރުމުގައި ޔަމަނުގެ ޒުވާން ޚިޔާރު ކޮށްފައި ވަނީ ވެއްޓާ، ރައްޓެހި، އަދި ޖީބަށްވެސް ދޯޅަ ރާސްތާއެކެވެ. މިއަދު ޔަމަނުގައި ގެތަށް އާބާރުތަ ފިލުވަމުން ދަނީ އެއްބަޔަކު ބޭނުން ކުރުމަށް ފަހު ދޫކޮށްލާފައިވާ ފަރުނީޗަރުތަކުންނެވެ. ނުވަތަ ސެކަންޑްހޭންޑް ފަރުނީޗަރުންނެވެ. ނަތީޖާ އެއް ގޮތަށް ވުރެ ގިނަ ގޮތުން ފޮންޏެވެ. ރީތި ސާމާނުތަކުން ގޭތެއަށް ފުރިހަމަކަން ގެނެސްދޭ ފަދައިން، ވިޔަފާރިތަކަށްވެސް ލިބޭ ނަފާ އިތުރުވެގެން ދެއެވެ.
މުދާ ބަރުކޮށް، ބާލާ ހަދާއިރު ކަސްޓަމްސް ތެރޭގަ ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބޭ އެ މުދަލަށް. އެހެންވެ، އަހަރަމެންގެ ފަންނުވެރިން ދަނީ އެ ގެއްލުންތައް ފޫބައްދާ، މަރާމާތުކޮށް، ސެނިޓައިޒް ކުރަމުން. ކަސްޓަމަރުންނަށް މުދާ ލިބޭއިރު އެ ހުންނާނީ އެންމެ ފުރިހަމަ ކޮލިޓީގަމުޙައްމަދު ސަޢީދު؛ ބާޒާރުގައި މަސައްކަތް ކުރާ މީހެއް
ޔަމަނަށް ސެކަންޑްހޭންޑް ފަރުނީޗަރު އިމްޕޯޓް ކުރަނީ ސައުދީ ޢަރަބިއްޔާއިންނެވެ. އެ ފަރުނީޗަރަށް ގެންނަން ޖެހޭ ކުދިކުދި ބަދަލުތައް ގެނައުމަށްފަހު، ޔަމަނުގެ ވެރިރަށް ސަނާ ބާޒާރުތަކުގައި ވިއްކާލަނީ އިންތިހާ ހެޔޮ އަގުގައެވެ. އެ ސިޓީގައި ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލުނު އެތައް ސަތޭކަ ހާސް ބަޔަކު މިއަދު ވަޒަންވެރިވެފައިވާ ބިމެވެ.
އިމްޕޯޓްކޮށްގެން އެ ވިއްކާ ސެކަންޑްހޭންޑް ފަރުނީޗަރުތައް ވަރަށް ރަނގަޅު. އަގުތައްވެސް އުޅެނީ އަތްފޯރާ ފަށުގަމުޙައްމަދު ޢަލީ؛ ކަސްޓަމަރެއް
ޤައުމު ބައިބައިކޮށް، އިޤްތިޞާދު ފުނޑާލި 8 އަހަރު ވީ ހަނގުރާމައިގެ ސަބަބުން، ޔަމަނުގެ އެތައް މިލިއަން ބަޔަކު މިއަދުވެސް ދިރިއުޅެމުން ދަނީ އިންތިހާ ބަނޑުހައިހޫނުކަމުގެ ތެރޭގައެވެ. މުޅި ޤައުމުގައި ވަނީ އިންސާނީ ކާރިޘާ ފެތުރިފައެވެ.
ޔަމަނުގައި ހަނގުރާމަ ކުރަމުން ދިޔަ ފަރާތްތަކުން، ހުސްވި އަހަރުގެ ކުރީކޮޅު ވަނީ ވަގުތީ ގޮތުން ހަމަލާ ބަދަލު ކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ބަލައިގެންފައެވެ. ނަމަވެސް، އޮކްޓޯބަރު 2022 ގައި، އެ އެއްބަސްވުން އާ ކުރުމަށް، އެ ފަރާތްތަކުން ވަނީ ފެއިލްވެފައެވެ.
ގިނަ ބަޔަކު، ޔަމަނުގެ ސެކަންޑްހޭންޑް ފަރުނީޗަރު ބާޒާރުތަކަށް ޒިޔާރަތްކުރާ އެންމެ ބޮޑު އެއް ސަބަބަކީ، އާ ފަރުނީޗަރުތަކާ އަޅާ ބަލާއިރު އަގު ހެޔޮވުން. ދެވަނަ ކަމަކީ ކޮލިޓީ. މި ފަރުނީޗަރުތައް މީގެ ކުރިން ބޭނުން ކޮށްފައި މި ހުންނަނީ، ވަރަށް ކޮލިޓީ ރަނގަޅު، ވަރަށް ފެންވަރުގެ އުފެއްދުންތައް ބޭނުން ކުރާ ޤައުމުތަކުން. ތިންވަނަ ކަމަކީ، ގިނަ ދުވަހަށް މި ސާމާނުތައް ބޭނުން ކުރެވުންމުޙައްމަދު އަލް-ޝަހާރީ؛ ކަސްޓަމަރެއް
ޔަމަނުގެ ވެރިކަމަށް ތަޅާފޮޅަމުންދިޔަ ހޫތީންނާ ދެކޮޅަށް، އިއްތިހާދީ ބާރުން ތެދުވުމާއެކު 2015 ވަނަ އަހަރު ފެށުނު ވަރުގަދަ ހަނގުރާމައިގެ ސަބަބުން ޔަމަނުގެ އިޤްތިޞާދާއި ޒާރޫރީ ޚިދުމަތްތައް މުޅިން ވަނީ އިނދަޖެހިފައެވެ. 30 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް ޔަމުން 80 ޕަސެންޓް މީހުން ވަނީ، އިތުރު ބައެއްގެ އެހީތެރިކަމަށް ބޭނުން ޖެހިފައެވެ.
ހެޔޮ އަގުގައި ކޮލިޓީ ފަރުނީޗަރު ވިއްކަމުންދާ ބާޒާރު އެކައުންޓަންޓެއް ކަމަށް ޝިހާބް އަލް-ލައިޒީ ބުނި ގޮތުގައި، އަލަށް ކައިވެނި ކުރާ ޖޯޑުތަކުން، އެމީހުންގެ އާ ގެތަކަށް މިއަދު ވައްދަވަމުން އެދަނީ ސެކަންޑް ހޭންޑް ފަރުނީޗަރެވެ.
މިސާލަކާށް ބަލާ އަލަށް ކައިވެނި ކުރާ މީހުން. އެމީހުންގެ ގެތަކަށް ފަރުނީޗަރު އެ ހޯދަނީ މިތަނުން. ގެއަށް ބޭނުންވާ ބެޑްރޫމް ސެޓާއި، ގޮދަޑިއާއި، ސިޓިންގް ރޫމަށް ބޭނުންވާ ގޮނޑި މޭޒާއި ބިންމަތީގަ އަޅާ ކުނާ ކަހަލަ ރަނގަޅު ކޮލިޓީގެ އެއްޗިހި ހޯދަނީ. އެހެންވެ، މީހުން އެއްޗިހި ގަންނަނީ ސެކަންޑްހޭންޑް ބާޒާރުތަކުން. ނިކަން ވިސްނާލާ. ބައެއް ޢާއިލާތަކުން އެބައުޅޭ އަދި މިހާތަނަށް، މުޅިން އާ އެއްވެސް އެއްޗެއް ބާޒާރުން ނުގަންނަ މީހުން. ހަމަ ހުރިހާ އެއްޗެއްވެސް ސެކަންޑްހޭންދޤ ބާޒާރުތަކުން ގަނެގެން އުޅޭ މީހުންޝިހާބް އަލް-ލައިޒީ؛ ބާޒާރު އެކައުންޓަންޓެއް
ބައެއް ގެތަކުގައި މުޅިންހެންވެސް ހުރީ ސެކަންޑްހޭންޑް ފަރުނީޗަރެވެ. ޑިމާންޑް ފިސާރި ބޮޑެވެ. ސެކަންޑްހޭންޑް ފަރުނީޗަރު ވިޔަފާރިއާއެކު އެތައް ބަޔަކަށް ވަޒީފާގެ ފުރުޞަތުވެސް ވަނީ ތަނަވަސްވެފައެވެ. ވަޑިންނާއި ޑްރައިވަރުންގެ ދިރިއުޅުމަށްވެސް ތަނަވަސްކަމާއި ތިޔާގި ކަމެވެ.