ކ. މާލެ
|
9 ޖެނުއަރީ 2023 | ހޯމަ 09:07
ހާދިސާގެ އަސަރުކުރި ބިދޭސީން އިމާދުއްދީން ސްކޫލަށް ގެންގޮސްފައި
ހާދިސާގެ އަސަރުކުރި ބިދޭސީން އިމާދުއްދީން ސްކޫލަށް ގެންގޮސްފައި
މާލޭ ސިޓީ ކައުންސިލް
ނީލަން ފިހާރަ- އަލިފާނުގެ ޙާދިސާ
ހާދިސާގެ އަސަރު ކުރި ބިދޭސީންގެ މައުލޫމާތު ދެނެގަތުމުގެ މަސައްކަތް އަންނަނީ ކުރަމުން: އެންޑީއެމްއޭ
ސިޓީ ކައުންސިލްއާއި ދިވެހި ރެޑްކްރެސެންޓް ގުޅިގެން، ހާދިސާގެ އަސަރު ކުރި ލޭބާ ކުއާޓާސްތަކުގައި ދިރިއުޅުނު ބިދޭސީންގެ މައުލޫމާތު ދެނެގަތުމުގެ މަސައްކަތް އަންނަނީ ކުރަމުން
އެ ސަރަޙައްދުން ރޯވެ އަނދައިގެން ދިޔަ އެކޮމޮޑޭޝަން ބްލޮކްގައި 3 ޔުނިޓެއް ހުންނަ ކަމަށާއި، އެ ޔުނިޓުތަކުގައި އުޅެމުން ދިޔައީ ބިދޭސީން
އެކޮމެނޑޭޝަން ބްލޮކްގައި ދިރިއުޅެމުންދިޔަ 166 ސްޓާފުން ވަނީ އިމާދުއްދީން ސްކޫލްގެ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައި

ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގެ މައުލޫމާތު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އޮފް މޯލްޑިވްސް (އެންޑީއެމްއޭ)ށް ލިބުމާއެކު ހޯމަ ދުވަހުގެ ހެނދުނު 6:30ން ފެށިގެން އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަމަށް އެއޮތޯރިޓީން ބުނެފިއެވެ.

އެއޮތޯރިޓީން ބުނީ ސިޓީ ކައުންސިލްއާއި ދިވެހި ރެޑްކްރެސެންޓް ގުޅިގެން، ހާދިސާގެ އަސަރު ކުރި ލޭބާ ކުއާޓާސްތަކުގައި ދިރިއުޅުނު ބިދޭސީންގެ މައުލޫމާތު ދެނެގަތުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށެވެ. މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދީފައިވާގޮތުގައި އެކޮމެނޑޭޝަން ބްލޮކްގައި ދިރިއުޅެމުންދިޔަ 166 ސްޓާފުން ވަނީ އިމާދުއްދީން ސްކޫލްގެ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ.

މި ޙާދިސާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދެމުން އެމްއެންޑީއެފުން ބުނީ، އަލިފާންގަނޑު ފެތުރުނީ ނީލަން ފިހާރައިގެ އުތުރުފަޅިން (ޢިމާދުއްދީން ސްކޫލްއާއި ދިމާއިން) ކަމަށެވެ. އެ ދިމާލުން ފެތުރެމުންދިޔަ އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަލިފާންގަނޑުގެ 70 އިންސައްތަ ކޮންޓްރޯލްކުރެވިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. ނަމަވެސް މެދުތެރޭގައި އަދިވެސް ކައިރިނުވެވޭ ހިސާބު އެބަހުރިކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަދި މިހާރު މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ އަލިފާން ނިއްވާ ލޮރީވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ރާއްޖެޓީވީއާ ވާހަކަ ދައްކަވަމުން އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވީ، އެ ސަރަޙައްދުން ރޯވެ އަނދައިގެން ދިޔަ އެކޮމޮޑޭޝަން ބްލޮކްގައި 3 ޔުނިޓެއް ހުންނަ ކަމަށާއި، އެ ޔުނިޓުތަކުގައި އުޅެމުން ދިޔައީ ބިދޭސީން ކަމަށެވެ.

މިހާތަނަށް އެއްވެސް ބިދޭސީއަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށާއި، އެއްވެސް މީހަކު ގެއްލިގެން އުޅޭތޯ އިތުރަށް ކަށަވަރު ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ނީލަން ފިހާރަ ސަރަޙައްދުގައި ލަކުޑިއާއި، ދަގަނޑާއި، އަލިފާން ހިފާ ޒާތުގެ އެތައް ބާވާތެއްގެ ސާމާނު ހުރިކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން އަދިވެސް އަލިފާން ހިފުމުގެ ފުރުސަތު އޮތުމާއެކު، ސިފައިން ގެންދަނީ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ އަލިފާން ނިއްވާ ލޮރީވެސް ބޭނުންކޮށްގެން އެ ސަރަޙައްދު އިތުރަށް ކޮންޓްރޯލް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް