ހަފްތާ ބަންދުގައި ރާއްޖޭގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ރަނގަޅުވާނެކަމަށެވެ. ނަމަވެސް ހޮނިހިރު ދުވަހު ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
އެގޮތުން ހޮނިހިރު ދުވަހާއި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްރަށަށް ކެރީގެ އަސަރުކުރާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެއެވެ.
މެޓް އޮފީހުން ބުނީ މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށެވެ. އަދި އުތުރާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށެވެ.