ކ. މާލެ
|
31 ޑިސެންބަރ 2022 | ހޮނިހިރު 06:44
ބ.ފުޅަދޫ ސްކޫލުގެ އޮފީސް އަދި 1 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއި ކުރުން
ބ.ފުޅަދޫ ސްކޫލުގެ އޮފީސް އަދި 1 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއި ކުރުން
މިނިސްޓްރީ އޮފް އެޑިއުކޭޝަން
ތިން ސްކޫލެއްގައި ކްލާސްރޫމް އިމާރާތް އެޅުން
ތިން ސްކޫލެއްގައި ކްލާސްރޫމް އިމާރާތް އެޅުމަށް ބަޔަކާ ހަވާލުކޮށްފި
 
ސޮއިކޮށްފައިވަނީ ބ. ފުޅަދޫ ސްކޫލް އާއި ސ.ހިތަދޫ ނޫރާނީ ސްކޫލްގެ އިތުރުން ހދ.ފިނޭ ސްކޫލަށް އިތުރުކުރާ އިމާރާތްތަކުގެ އެއްބަސްވުންތަކުގައި

ތިން ސްކޫލަކަށް ބޭނުންވާ ކުލާސްރޫމް އިމާރާތް އެޅުމަށް އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

އެގޮތުން ސޮއިކޮށްފައިވަނީ ބ. ފުޅަދޫ ސްކޫލް އާއި ސ.ހިތަދޫ ނޫރާނީ ސްކޫލްގެ އިތުރުން ހދ.ފިނޭ ސްކޫލަށް އިތުރުކުރާ އިމާރާތްތަކުގެ އެއްބަސްވުންތަކުގައެވެ. ބ.ފުޅަދޫ ސްކޫލުގެ އޮފީސް އަދި 1 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިސްކޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. އެއީ ހަވާލުކުރީ 95 ދުވަސްތެރޭގައި ނިންމާގޮތަށް، 2,518,927.66 (ދެ މިލިއަން ފަސް ލައްކަ އަށާރަ ހާސް ނުވަސަތޭކަ ހަތާވީސް ރުފިޔާ) އަށެވެ.

ސ.ހިތަދޫ ނޫރާނީ ސްކޫލް 12 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ނޫރައްދީން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. 365 ދުވަސް ތެރޭގައި ނިންމާގޮތަށް، މިމަސައްކަތް ހަވާލުކޮށްފައިވަނީ 12,490,088.48 (ބާރަ މިލިއަން ހަތަރު ލައްކަ ނުވަދިހަ ހާސް އަށްޑިހަ އަށް ރުފިޔާ) އަށެވެ.

ހދ.ފިނޭ ސްކޫލުގެ މަލްޓިޕަރޕަސް ހޯލް ޢިމާރާތުގެ މަސައްކަތް ހަވާލުކުރީ ވޭވްލެންތު ޕްރައިވެޓް ލިމިޓެޑާ އެވެ. އެއީ 365 ދުވަސްތެރޭގައި ނިންމާގޮތަށެވެ. މިއީ 12,567,225.89 (ބާރަ މިލިއަން ފަސްލައްކަ ފަސްދޮޅަސް ހަތް ހާސް ދުއިސައްތަ ފަންސަވީސް ރުފިޔާ) އަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި