ކ. މާލެ
|
26 ޑިސެންބަރ 2022 | ހޯމަ 11:59
ސިއްހީ މަރުކަޒު
ސިއްހީ މަރުކަޒު
ރާއްޖެ އެމްވީ
ހަތް ރަށެއްގެ ސިއްހީ މަރުކަޒު އިމާރާތްކުރުން
ހަތް ރަށެއްގައި ސިއްހީ މަރުކަޒުގެ މަސައްކަތްކުރާނެ ބަޔަކު ހޯދުމަށް ހުޅުވާލައިފި
ހުޅުވާލާފައިވަނީ ށ. ގޮއިދޫ، ށ. ކަނޑިތީމު، ހއ. މޮޅަދޫ، ށ. މާއުނގޫދޫ، ނ. ކުޑަފަރީ، ނ. ފޮއްދޫ އަދި މ. ނާލާފުށި ޞިއްޙީ މަރުކަޒު އިމާރާތުގެ މަސައްކަތްކުރުމަށް

ހަތް ރަށެއްގެ ސިއްހީ މަރުކަޒުގެ މަސައްކަތްކުރާނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އެގޮތުން ހުޅުވާލާފައިވަނީ ށ. ގޮއިދޫ، ށ. ކަނޑިތީމު، ހއ. މޮޅަދޫ، ށ. މާއުނގޫދޫ، ނ. ކުޑަފަރީ، ނ. ފޮއްދޫ އަދި މ. ނާލާފުށި ޞިއްޙީ މަރުކަޒު އިމާރާތުގެ މަސައްކަތްކުރުމަށެވެ. ފިނޭންސް މިނިސްޓްރީން ބުނީ މިނިސްޓްރީ އޮފް ހެލްތުގެ އެދުމުގެ މަތިން، މިރަށްރަށުގެ ސިއްހީ މަރުކަޒުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ. އެހެންކަމުން މިމަސައްކަތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލާކަމުގައެވެ.

މިއިން ކޮންމެ ރަށެއްގެ ސިއްހީ މަރުކަޒުގެވެސް ބިޑް ސެކިޔުރިޓީގެ ގޮތުގައި ކަނޑައަޅާފައިވަނީ 125،000 (އެއްލައްކަ ފަންސަވީސް ހާސް) ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ކޮންމެ ބީލަމެއްގައި -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެކަމަށެވެ. ފައިސާ ބަލައިގަންނާނީ 22 ޑިސެންބަރު އިން 17 ޖަނަވަރީ އަށް،  ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް އެ މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ  މެދުވެރި ކޮށެވެ.

ބިޑުތައް ހުޅުވުން އޮންނާނީ 22 ޖަނަވަރީ 2023 ވާ އާދިއްތަ ދުވަހުގެ 11:00:00ގައި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

މި ހިނގާ 2022 ވަނަ އަހަރު، 60 ރަށެއްގެ ސިއްހީ މަރުކަޒު ޒަމާނީ ފެންވަރަށް ގެނައުމަށް އެކި މަޝްރޫއުތައް ހިންގާފައިވެއެވެ. އަންނަ އަހަރު 132 ރަށެއްގެ ސިއްހީ ޚިދުމަތް ދޭ މަރުކަޒުތައް އަޕްގްރޭޑްކުރުމަށް ބަޖެޓްގައި ހިމަނާފައިވެއެވެ.

- ކޮމެންޓް