ކ. މާލެ
|
26 ޑިސެންބަރ 2022 | ހޯމަ 11:20
މާލޭއަށް ވާރޭވެހެނީ
މާލޭއަށް ވާރޭވެހެނީ
ރާއްޖެ އެމްވީ
ރާއްޖޭގެ މޫސުން
ބޭ އޮފް ބެންގާލުގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން ކުރިޔަށް އޮތް 24 ގަޑިއިރު އުތުރަށް މޫސުން ގޯސްވާނެ
މިކޮޅިގަނޑުގެ ބާރު ދަށްވެ މިވަގުތު ހުރީ ރާއްޖޭގެ އުތުރުން ކޮމޮރިން ކަނޑުތެރޭ، ލޯ ޕްރެޝަރ އޭރިއޭ އެއްގައި ގޮތުގައި
ކުރިޔަށް އޮތް 24 ގަޑިއިރުތެރޭގައި މިކޮޅިގަނޑު ރާއްޖޭގެ އުތުރުން އަރަބިކަނޑަށް ދަތުރުކުރާނެކަމަށް ލަފާކުރެވޭ

ބޭ އޮފް ބެންގާލުގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑުގެ ސަބަބުން ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ކުރިޔަށް އޮތް 24 ގަޑިއިރު މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ބޭ އޮފް ބެންގާލުގައި އުފެދުނު ބާރުގަދަ ކޮޅިގަނޑު އާދިއްތަ ދުވަހު ވަނީ ސްރީލަންކާ ހުރަސްކޮށްފައިކަމަށެވެ. މިކޮޅިގަނޑުގެ ބާރު ދަށްވެ މިވަގުތު ހުރީ ރާއްޖޭގެ އުތުރުން ކޮމޮރިން ކަނޑުތެރޭ، ލޯ ޕްރެޝަރ އޭރިއޭ އެއްގައި ގޮތުގައެވެ.

އަދި ކުރިޔަށް އޮތް 24 ގަޑިއިރުތެރޭގައި މިކޮޅިގަނޑު ރާއްޖޭގެ އުތުރުން އަރަބިކަނޑަށް ދަތުރުކުރާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ. އެހެންކަމުން ހޯމަ ދުވަހުގެ ރެއާއި އަންގާރަ ދުވަހު އުތުރުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމަތާއި އެލާޓްތަކަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

މެޓް އޮފީހުން ވަނީ ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފައެވެ. އެގޮތުން ހޯމަ ދުވަހުގެ 11:15ން ފެށިގެން ހަވީރު 5:15 އާ ހަމައަށް އެލާޓް ނެރެފައިވާއިރު މެޓް އޮފީހުން ބުނީ މިވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ. އަދި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.

- ކޮމެންޓް