ހަފުތާ ބަންދުގައި ބައެއް ހިސާބުތަކަށް ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ހުކުރު ދުވަހު އުތުރާއި ދެކުނަށް މޫސުން ރަނގަޅުވާނެކަމަށެވެ. އަދި މެދުރާއްޖެތެރެއަށް ކޮންމެސް ވަރަކަށް ކެރީގެ އަސަރު ކުރާނެކަމަށެވެ.
ހޮނިހިރު ދުވަހު އުތުރަށް މޫސުން ރަނގަޅުވިނަމަވެސް މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެކަމަށް މެޓް އޮފީހުން ބުނެއެވެ.
މީގެއިތުރުން މެޓް އޮފީހުން ބުނީ ދެކުނުގެ ކަނޑުތައް ގަދަވާނެކަމަށާއި އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށެވެ.