ކ. މާލެ
|
21 ޑިސެންބަރ 2022 | ބުދަ 07:14
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ފަތުރުވެރިކަމުގެ މަންޒިލުތައް
އެންމެ ބޮޑު ފޯކަސްއެއް މިވަގުތު އޮތީ އިރުމަތީ އޭޝިޔާއިން ދަތުރުފަތުރު ފަހިކުރުމަށް: މިނިސްޓަރު
އަމާޒަަށް ވާސިލުވެވުނީ ގިނަ ބައެއް ގުޅިގެން ކުރި ބުރަ މަސައްކަތުން

ރާއްޖެ މިހާރު އޮތީ ކޮންމެ ގައުމެއްގެ ހުރިހާ ވައްތަރެއްގެ މާކެޓަށް ތައްޔާރުވެފައިކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމަށް މިއަހަރަށް ކަނޑައެޅި 1.6 މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލުވުމާއި ގުޅިގެން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ އަމާޒަަށް ވާސިލުވެވުނީ ގިނަ ބައެއް ގުޅިގެން ކުރި ބުރަ މަސައްކަތުން ކަމަށެވެ. އަދި ފަތުރުވެރިކަމާއި ގުޅިގެން ކަނޑައަޅާ ޓާގެޓްތަކަށް ވާސިލުވުމަށް އަބަދުވެސް ދާއިރާގެ އެންމެން ގުޅިގެން މަސައްކަތްކުރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން އައު މާކެޓްތައް ރާއްޖެ ގެނައުމަށް އަބަދުވެސް މަސައްކަތްކުރާ ކަމަށާއި އެކަމަށް މަގުފަހިކުރުމަށް އެއަރލައިންތައް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިވަގުތު އެންމެ ބޮޑު ފޯކަސް އެއް އޮތީ އިރުމަތީ އޭޝިޔާއިން ދަތުރުފަތުރު ފަހިކުރުމަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ހެދަމުންދާ އެއަރޕޯޓްތަކާއެކު ފަތުރުވެރިން އެކި ހިސާބުތަކަށް ގެންދިޔުމުގައި ފަސޭހަތަކެއްވާނެ ކަމަށެވެ. އެގޮތުން ދެކުނުގެ އެއާޕޯޓުތައް އިންޓަރނޭޝަނަލްވުމާއެކު ފަތުރުވެރިންނަށް ދަތުރުކުރުމަށް ފަސޭހަތަކެއް ވެގެންދާނެކަމަށް ވިދާޅުވިއެވެ.

- ކޮމެންޓް