ކ. މާލެ
|
19 ޑިސެންބަރ 2022 | ހޯމަ 15:52
ކޮވިޑަށް ޓެސްޓުކުރުން
ކޮވިޑަށް ޓެސްޓުކުރުން
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
ފާއިތުވި ހަފުތާ ކޮވިޑް-19ށް ޕޮޒިޓިވްވީ 15 މީހުން
ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 185،666ށް އަރާފައި

ފާއިތުވި ހަފުތާ ކޮވިޑް-19ށް ޕޮޒިޓިވްވީ 15 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި ހަފުތާ މާލެއިން ކޮވިޑަށް ޕޮޒިޓިވްވީ 4 މީހުންނެވެ. އަތޮޅުތަކުން 4 މީހުން ޕޮޒިޓިވްވެފައިވާއިރު އެހެން ހިސާބުތަކުން 7 މީހުން ޕޮޒިޓިވްވެފައިވެއެވެ. 2 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދީފައިވެއެވެ. އޭގެކުރީ ހަފުތާގައި ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 19 މީހުންނެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 185،666ށް އަރާފައެވެ. އަދި 311 މީހުން ވަނީ މަރުވެފައެވެ.

- ކޮމެންޓް