Advertisement
ކ. މާލެ
|
17 ޑިސެންބަރ 2022 | ހޮނިހިރު 21:09
އެކްސީޑެންޓެއްގައި ހުކުރު ދުވަހު ނިޔާވި ޖަމްބޯ ފޯވާޑިންގ ގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއީލް މޫސާ (ޖަމްބޯ)
އެކްސީޑެންޓެއްގައި ހުކުރު ދުވަހު ނިޔާވި ޖަމްބޯ ފޯވާޑިންގ ގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއީލް މޫސާ (ޖަމްބޯ)
ސޯޝަލް މީޑިއާ
ޖަމްބޯ ފޯވާޑިންގ
ޖަމްބޯ ވަކިވެ ދިޔަނަމަވެސް ކަސްޓަމަރުންގެ މުދާ ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ކުންފުނިން ދީފި
ކުންފުންޏާ ހަވާލުކޮށްފައިވާ ކަސްޓަމަރުންގެ މުދާ ތާވަލުކޮށްފައިވާ ގޮތުގެ މަތިން އަމާނާތްތެރިކަމާއެކު އެފަރާތްތަކަށް ފޯރުކޮށްދެމުންދާނެ

ޖަމްބޯ ފޯވާޑިންގ ގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއީލް މޫސާ (ޖަމްބޯ) ކުއްލި ގޮތަކަށް ނިޔާވިނަމަވެސް ކަސްޓަމަރުންގެ މުދާ އަމާނާތްތެރިކަމާއެކު ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އެކުންފުނިން ދީފިއެވެ.

ޖަމްބޯ އިއްސެ ނިޔާވީ ހުކުރު ދުވަހު މެންދުރު ސިނަމާލެ ބްރިޖުގެ ޓްރެފިކް ލައިޓް ކައިރީގައި ސައިކަލަކާއި ކާރެއް ޖެހިގެން ހިނގި އެކްސީޑެންޓްގައެވެ. އޭނާ ނިޔާވީ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

އިއްސެއަކީ ތައިލެންޑުގައި ފައިވާން އުފައްދާ ފެކްޓަރީއެއް ހިންގާ، ރާއްޖޭގައި ފައިވާން ވިއްކާ ފަރާތްތަކަށް ފައިވާން ސަޕްލައި ކޮށްދިނުމުގެ މަސައްކަތް ކުރާ މީހެކެވެ. ޖަމްބޯ އިއްސެގެ ކުއްލި ވަކިވުމާއެކު އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއީ ކުންފުންޏާއި ކަސްޓަމަރުންނަށް ލިބުނު ނިހާއީ ހިތާމައެއްކަމަށެވެ. އަދި މިދަނޑިވަޅަކީ ޖަމްބޯ ފޯވާޑިންގ ގެ ކަސްޓަމަރުންގެ ހިތްތަކުގައި ގިނަ ސުވާލުތަކެއް އުފެދިގެންދާނެ ވަގުތެއްކަމަށް ބުނެފައިވެއެވެ.

Advertisement

އެކުންފުނިން ބުނީ ކުންފުންޏާ ހަވާލުކޮށްފައިވާ ކަސްޓަމަރުންގެ މުދާ ތާވަލުކޮށްފައިވާ ގޮތުގެ މަތިން އަމާނާތްތެރިކަމާއެކު އެފަރާތްތަކަށް ފޯރުކޮށްދެމުންދާނެކަމަށެވެ. އަދި ޖަމްބޯ ފޯވާޑިންގ ގެ މަސައްކަތް ހުއްޓުމެއްނެތި ކުރިޔަށްދާނެކަމަށް އެކުންފުނިން ބުނެއެވެ.

މީގެ 22 އަހަރުކުރިން ތައިލެންޑަށް ދިރިއުޅުން ބަދަލުކުރުމަށްފަހު ޖަމްބޯ ރާއްޖެ އައީ މިދިޔަ ނޮވެމްބަރ މަހުގެ ތެރޭގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް