Advertisement
ކ. މާލެ
|
17 ޑިސެންބަރ 2022 | ހޮނިހިރު 07:25
ކުޑަގިރި ޕިކްނިކް އައިލެންޑް
ކުޑަގިރި ޕިކްނިކް އައިލެންޑް
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ކުޑަގިރިއަށް މުވައްޒަފުން ހޯދުން
ޕިކްނިކް އައިލެންޑް "ކުޑަގިރި"އަށް މުވައްޒަފުން ހޯދަނީ
17 ދާއިރާއަކުން މުވައްޒަފުން ނެގުމަށް ވަނީ ހަމަޖެހިފައި
އެކި ވަޒީފާތަކަށް މީހުން ނެގުމަށް ބާއްވާ "އޯޕަން ޑޭ"، ހޮނިހިރު ދުވަހުގެ ހެނދުނު 9:00ން މެންދުރު ފަހު 3:00ށް އެޗްޑީސީގެ ހެޑް އޮފީހުގައި އޮންނާނެ

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދާ ރަށެއްގެ ގޮތުގައި، ފަޅު ހިއްކައިގެން ތަރައްގީކުރި ކ. ކުޑަގިރިއަށް މުވައްޒަފުން ހޯދަން އެޗްޑީސީން އިއުލާންކޮށްފިއެވެ.

އެޗްޑީސީން ބުނީ، އެކި ވަޒީފާތަކަށް މީހުން ނެގުމަށް ބާއްވާ "އޯޕަން ޑޭ" ހޮނިހިރު ދުވަހުގެ ހެނދުނު 9:00ން މެންދުރު ފަހު 3:00ށް އެޗްޑީސީގެ ހެޑް އޮފީހުގައި އޮންނާނެކަމަށެވެ.

މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން، އައިޑީކާޑުގެ ކޮޕީއާއި ތައުލީމީ ފެންވަރާއި، މަސައްކަތު ތަޖުރިބާ އަންގައިދޭ ލިޔެކިއުންތައް ހިފައިގެން އޯޕަން ޑޭއަށް އައުމުން ވަޒީފާތަކަށް ކުރިމަތިލެވޭނެކަމަށް އެޗްޑީސީން ބުނެއެވެ.

Advertisement

ކުޑަގިރިއަށް 17 ދާއިރާއަކުން މުވައްޒަފުން ނެގުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި، އެގްޒެކެޓިވް ސެކްރެޓަރީ، އެކައުންޓެންޓް، ރޫމް އެޓެންޑެންޓް، ސޭލްސް އެންޑް ރިޒަރވޭޝަން ކޯޑިނޭޓަރު، ރިސެޕްޝަނިސްޓް، ޓެނެންޓް މެނޭޖްމަންޓް ކޯޑިނޭޓަރު، މާކެޓިން އެންޑް ޕީއާރް ކޯޑިނޭޓަރު، އަދި މަސައްކަތު މީހުން ހިމެނެއެވެ.

މި މަގާމުތަކުގެ މުސާރަ އުޅެނީ 8،500 ރުފިޔާއިން ފެށިގެން 23،500 ރުފިޔާއާ ދެމެދުގައެވެ.

މާލެ އަތޮޅު ކުޑަގިރި ހިއްކައި އެ ފަޅުގައި ޕިކްނިކް އައިލެންޑް ތަރައްގީކުރުމުގެ މަޝްރޫއު ޕްލޭނިންގ މިނިސްޓްރީން އެމްޓސީސީއާ ހަވާލުކުރީ މިދިޔަ އަހަރުއެވެ. މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ޕިކްނިކް އައިލެންޑެއް ހެދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް