Advertisement
ކ. މާލެ
|
16 ޑިސެންބަރ 2022 | ހުކުރު 07:29
ގުޅީ ފަޅު އެކޮމަޑޭޝަން ބްލޮކްގައި އަލިފާން ރޯވެފައި
ގުޅީ ފަޅު އެކޮމަޑޭޝަން ބްލޮކްގައި އަލިފާން ރޯވެފައި
އެމްއެންޑީއެފް
ގުޅީފަޅުގައި އަލިފާން ރޯވުން
ގުޅީފަޅު އަލިފާނުގެ ހާދިސާ: އެކޮމަޑޭޝަން ބްލޮކު އެއްކޮށް އަނދާ ހުލި، 73 މީހަކު ހޮސްޕިޓަލަށް
މި އެކޮމަޑޭޝަން ބްލޮކުގައި 465 މީހުން ދިރިއުޅޭ
13 މީހަކު އައިޖީއެމްއެޗް ހޮސްޕިޓަލަށް އަދި 60 މީހުން ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދެވިފައިވޭ
މި ޙާދިސާގައި އެއްވެސް މީހެއްގެ ފުރާނަޔަށް ގެއްލުމެއް ލިބިފައެއް ނުވޭ

ގުޅިފަޅުގައި ހުންނަ ތިލަމާލެ ބްރިޖް މަސައްކަތްކުރާ މީހުންގެ އެކޮމަޑޭޝަން ބްލޮކުގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފިއެވެ.

އަލިފާނުގެ ޙާދިސާގައި އެކޮމަޑޭޝަން ބްލޮކްވަނީ އެއްކޮށް އަނދާހުލިވެފައެވެ. މި ޙާދިސާގައި 13 މީހަކު އައިޖީއެމްއެޗް ހޮސްޕިޓަލަށް އަދި 60 މީހުން ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދެވިފައިވެއެވެ. މި އަލިފާނުގެ ޙާދިސާގައި އެއްވެސް މީހެއްގެ ފުރާނަޔަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 00:31 ހާއިރުއެވެ. ހާދިސާގެ ރިޕޯޓު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

Advertisement

މިގޮތުން އެފްއާރުއެސްގެ ފަޔަރމަނުން ކުރި މަސައްކަތުން އެތަނުގައި ރޯވި އަލިފާން ނިއްވާލެވިފައި ވަނީ 01:52 ހާއިރުއެވެ. ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެއެވެ.

މި އެކޮމަޑޭޝަން ބްލޮކުގައި 465 މީހުން ދިރިއުޅޭކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް