ކ. މާލެ
|
12 ޑިސެންބަރ 2022 | ހޯމަ 13:23
ކަނޑުގަދަ ދުވަހެއްގައި ކަނޑުދަތުރުކުރަނީ
ކަނޑުގަދަ ދުވަހެއްގައި ކަނޑުދަތުރުކުރަނީ
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ވައިޓް އެލާޓް
ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ

ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހޯމަ ދުވަހުގެ ހަވީރު 5 ޖެހުމާ ހަަމައަށް ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ވައިޓް އެލާޓް ނެރޭކަމަށެވެ. މިވަގުތުތަކުގައި އެސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

މީގެއިތުރުން މެޓް އޮފީހުން ބުނީ މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ.

- ކޮމެންޓް